ads
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބަޖެޓު ދޭން ފަށަނީ-- ފޮޓޯ: އައްޑޫލައިވް
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް ބަޖެޓެއް
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބަޖެޓު ދޭގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.
އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ބަޖެޓު ދޭގޮތަށް، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު މަޖިލީހަށް ހުށަހެޅުއްވި ބިލްގައި ބުނެފައި ވަނީ ކޮންމެ ރަށަކާއި ސިޓީއެއްގައި ދިރިއުޅޭ އަންހެނުން އިންތިހާބުކުރާ އަންހެނުންގެ ކޮމިޓީއެއް އޮންނަންވާނެ ކަމަށާއި އެގޮތުން ރަށެއް ނަމަ ކޮމިޓީގައި ތިބޭނީ ފަސް މެމްބަރުން ކަމަށެވެ.

ސިޓީއެއްނަމަ ހަތް މެމްބަރުން ތިބެން ޖެހޭނެ ކަމަށް ވެސް ބިލްގައި ވެއެވެ.

އެ ބިލުގައި ކޮމިޓީތަކަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭ ގޮތުން ކައުންސިލަށް ލަފާ ދިނުމާއި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުން، އަދި އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުން ހިމެނެ އެވެ. އޭގެ އިތުރަށް، ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި މަތީ ތައުލީމް ހާސިލްކުރާ އަންހެނުންގެ އަދަދު އިތުރުކުރަން މަސައްކަތް ކުރުމުގެ އިތުރުން އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅު ކުރުމަށް މަސައްކަތް ކޮމިޓީތަކުން ކުރާނެ އެވެ.

ބިލްގައި ބުނެފައިވާ ގޮތުން ލޯކަލް ކައުންސިލު އިންތިހާބެއް ނިމޭތާ އެއް މަސް ދުވަހުގެ ތެރޭގައި ކައުންސިލުން އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބު ކުރުމުގެ މަސައްކަތް ފަށަން ޖެހެއެވެ.

އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއެއްގެ މުއްދަތަކީ ތިން އަހަރު ކަމަށް ބިލްގައި ވެއެވެ. އޭގެ އިތުރުން ކޮމިޓީގެ މެމްބަރުންނަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ލަފާއާއެކު އެކަށީގެންވާ އުޖޫރައެއް ފިނޭންސް މިނިސްޓްރީން ދޭން ޖެހެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް