ads
8 އަހަރު ކުރިން ދިޕިކާ ކައިވެނީގެ ޕްލޭން ފެށިކަން ހާމަވެއްޖެ!
"ޔޭ ޖަވާނީ ހޭ ދިވާނީ" މި ފިލްމަށް 8 އަހަރު ފުރުން މިއަދު ފާހަގަ ކުރާއިރު، މި ފިލްމްގެ ޝޫޓިން ކުރިޔަށް ދިޔައިރު ދިޕިކާ އޭނާގެ ކައިވެނި ޕްލޭންކުރަން ފެށިކަން ހާމަވެއްޖެއެވެ.

ދިޕިކާ 8 އަހަރު ކުރިން ކައިވެނި ޕްލޭން ކުރަންފެށިކަން ހާމަވެގެން ދިޔައީ މަޝްހޫރު ފޮޓޯގްރަފަރ އަދި ދި ވެޑިން ފިލްމާ ގެ ސީއީއޯ ވިޝާލް ޕަންޖާބީ އޭނާގެ ކޮމްޕެނީ އިންސްޓަގްރާމް ޕޭޖްގެ ސްޓޯރީގައި ކުރި ޕޯސްޓަކުންނެވެ. މި ޕޯސްޓްގައި ބުނެފައިވަނީ "ޔޭ ޖަވާނީ ހޭ ދިވާނީ"ގެ ޝޫޓިން ކުރިޔައް ދިޔައިރު ދިޕިކާ ވަނީ ވިޝާލް އަށް ވައުދެއްވެފައިކަމަށެވެ. އަދި އެވައުދު ދިޕިކާ ވަނީ މިހާރު ފުއްދާފައެވެ. "ޔޭ ޖަވާނީ ހޭ ދިވާނީ"ގެ ކެރެކްޓަރ އަދީތީގެ ކައިވެވީގެ ޝޫޓްތައް ކުރަމުން ދިޔަ އިރު ދިޕިކާ ވަނީ އޭނާގެ ކައިވެނި ފިލްމް ކުރާނީ ވިޝާލް ކަމަށް ބުނެފައެވެ. އަދި އޭގެ ފަސް އަހަރު ފަހުން ދިޕިކާގެ ކައިވެނި ފިލްމްކޮއްފައިވަނީ ވިޝާލް އާއި އޭނާގެ ޓީމުންނެވެ. 

ވިޝާލް މިވާހަކަ ހާމަކޮއްފައިވަނީ ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ފޮޓޯއަކާވެސް އެކީގައެވެ.  

your imageދިޕިކާ އާއި ރަންވީރުގެ ކައިވެނި

"ޔޭ ޖަވާނީ ހޭ ދިވާނީ" ރިލީސް ކުރި ދުވަސްވަރަކީ ދިޕިކާ އާއި ރަންވީރު ޑޭޓުކުރަމުންދާ ކަމަށް ބުނެ އަޑުތައް ފެތުރިގެންވެސް ދިޔަ ދުވަސްވަރެވެ. އެހެން ނަމަވެސް މި ދެ ތަރިންގެ ކައިވެނި ކުރެވުނީ 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގައެވެ. މި ދެތަރިންގެ ކައިވެނި ކުރެވުނީ އާއިލާ އާއި ވަރަށް ގާތް ރަހުމަތްތެރިންނާއިއެކު، އިޓަލީގައެވެ. ކައިވެންޏައްފަހު އެނބުރި މުންބާއީ އަށް އައިސް ދިޕިކާ އާއި ރަންވީރު ވަނީ ބޮލީވުޑްގެ ތަރިންނާއިއެކު ވެޑިން ރިސެޕްޝަނެއް ބާއްވާފައެވެ.

    

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް