ads
ކޮވިޑް-19
ކޮވިޑްގައި 10 އަހަރުގެ ކުއްޖެއް މަރުވެއްޖެ
ކޮވިޑްގައި ރާއްޖެއިން 10 އަހަރުގެ ކުއްޖެއް މަރުވެއްޖެ އެވެ.

މަރުވީ މިރޭ އައިޖީއެމްއެޗް އީއަރަށް ގެނެވުނު ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.

އެމެޖެންސީގަައި ފަރުވާދެމުންދަނިކޮށް އެކުއްޖާ މަރުވެފައިވަނީ މިރޭ 12:10 ހާއިރު ކަމަށް މައުލޫމާތު ލިބެއެވެ.

އެކުއްޖާގެ ހާލުގޯސްވެގެން އެމްބިއުލާސްއަށް އާއިލާއިން މިރޭ 21:00 ހާއިރު ގުޅިނަމަވެސް އެމްބިއުލާސް އައިސްފައިވަނީ ދެގަނޑިއުރު ފަހުން ކަމަށްވެއެވެ.

ރާއްޖޭގައި ކޮވިޑްޖެހިގެން މަރުވިމީހުންގެ އަދަދު 170 އަށް އެރިއިރު، މިއީ ކޮވިޑް ޖެހިގެން ކުޑަކުއްޖަކު މަރުވި ފުރަތަމަ ފަހަރެެވެ. 

އެޗްޕީއޭގެ އެންމެފަހުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 2021 ވަނަ އަހަރު ޖެނުއަރީއިން ފެށިގެން 10 އަހަރުން ދަށުގެ 5،131 ވުރެ ގިނަ ކުޑަކުދިން ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. މިއީ އެވްރެޖްކޮށްބަލާނަމަ 10 އަހަރުން ދަށުގެ 52 އިންސައްތަ ކުދިންނެވެ.

އަދި 1 އަހަރުން ދަށުގެ 381 ކުއްޖަކުއްޖަކު ވަނީ ނިމިދިޔަ މޭމަހުގެ ތެރޭގައި އެކަނިވެސް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި އަލަށްވިހާ ތުއްތު ކުދިންވެސް ހިމެނެއެވެ. 

ކޮވިޑްގެ ހާލަތު މާޗު މަހުން ފެށިގެން ރާއްޖޭގައި ގޯސްވަމުން އަންނައިރު، މިހާލަތުގައި ޕޮޒުޓިވްވާ މީހުންގެ އަދަދު 1000 އާއި 2000ގައި އުޅޭއިރު މީގެ ތެރޭގައި 18 އަހަރުން ދަށުގެ އެކި އުމުރުފުރާގެ ގިނަ ކުދިންވެސް ހިމެނެއެވެ. 

ކޮވިޑްޖެހުމުން ބޮޑުވަރުވާ މިންވަރުދައްކުރުމަށް ރާއްޖޭގައި ދެމުންއަންނަ ވެކްސިން އަކީ 18 އަހަރުން ދަށުގެ ކުދިންނަށް ދިނުމަށް ހުއްދަދީފައިވާ ވެކްސިންއެއް ނޫނެވެ. އެހެންކަމުން ރާއްޖޭގެ އާބާދީގެ ކުޑަކުދިންނަށް ވެކްސިންގެ ރައްކާތެރިކަން އަދި ލިބިފައެއް ނުވެއެވެ. 

އެހެންކަމުން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށާއި ވެކްސިންއަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އެޗްޕީއޭއިން ބުނީ ބައްޔަށް ހުށަހެޅޭ މިންވަރު ކުޑަވެ، ދަރީންނަށް ރައްކާތެރިކަން އިތުރުވެގެން ދާނެ ގޮތަކީ އެއީ ކަމަށެވެ. 

11%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
56%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް