ads
ކޮވިޑްގައި މަރުވި މީހުންގެ ހަދާނުގައި
އިނގިރޭސި ވިލާތުގައި ކޮވިޑްގައި މަރެ ނެތް، ރާއްޖެއިން 8 މަރު
ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ފުރަތަމަ ފަހަރަށް އިނގިރޭސި ވިލާތުގައި ކޮވިޑުގައި މީހަކު މަރުނުވާ ދުވަހެއްގެގޮތުގައި އިއްޔެ ރެކޯޑު ކުރި އިރު ރާއްޖޭގައި ކޮވިޑު ޖެހިގެން އިއްޔެ އަށް މީހުން އިއްޔެ މަރު ވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެގައުމުގައި ކޮވިޑު ޖެހުނު 4،490،438 މީހުންގެ ތެރެއިން އެ ގައުމުން މިހާތަނަށް ޖުމްލަ 127،782 މަރުވެފައިވާއިރު އިއްޔެ އަކީ އެގައުމުގައި ކޮވިޑުގައި މީހަކު މަރުނުވާކަމަށް ރެކޯޑް ކުރި ދުވަހެކެވެ.

އަންގާރަ ދުވަހު އިނގިރޭސި ވިލާތުން ކޮވިޑްގައި އެއްވެސް މީހަކު މަރުވެފައި ނުވާކަން އިއުލާނު ކުރައްވަމުން އެގައުމުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް ވިދާޅުވީ ވެކްސިނުން ބަލިން ދިފާއުކޮށްދޭކަން މިހާރު ކަށަވަރު ކުރެވިފައިވާ ކަމަށާއި އިއްޔެއަކީ މުޅި ގައުމު އުފާ ފާޅުކުރަން ޖެހޭވަރުގެ ދުވަހެއް ކަމަށެވެ.

"މިއީ އުފާވެރި ހަބަރެއް ނަމަވެސް އަދިވެސް މިވައިރަސް ބަލި ކުރެވިފައިނުވޭ. އަދިވެސް ފިޔަވަޅުތަކަށް އަމަލު ކުރަން ޖެހޭ. އެންމެން ވެކްސިން ޖެހުން މުހިއްމު. މިހާރު މި މަރުވާ މީހުންނަކީ މީގެ މަހެއްގެ ކުރިން ބައްޔަށް ހުށަހެޅުނު މީހުން. ނަމަވެސް މިހާރު ވެސް މަދުން ނަމަވެސް އަންނަނީ ކޭސްތައް އިތުރުވަމުން. ނަމަވެސް އިއްޔެހެން ކޮންމެ ދުވަހެއް ވެސް ދާނެކަމަށް އުއްމީދު ކުރަން،" ހެންކޮކް ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން ކޮވިޑް ކޮންޓްރޯލް ވަމުން އަންނަކަމަށް ތަފާސްހިސާބުން ދެއްކި ނަމަވެސް އެގައުމުން މިހާރު އަންްނަނީ އިންޑިއާ ވެރިއަންޓްގެ ކޭސްތައް ފެންނަލެއް އިތުރުވަމުންނެވެ. އިންޑިއާ ވެރިއަންޓްގެ ވައިރަސް އެހެން ވޭރިއަންޓަށް ވުރެ ނުރައްކާތެރިވެފައި ފެތުރޭ މިންވަރުވެސް ހަލުވިކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާއިން ބުނެ އެވެ.

އިނގިރޭސި ވިލާތުން މިހާތަނަށް 37،477،158 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު ދެވަނަ ޑޯޒް ޖަހާފައިވަނީ 25,734,719  މީހުންނެވެ. 18 އަހަރުން މަތީގެ އާބާދީގެ 74.9 އިންސައްތަ މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ދެވިފައެވެ.

ވެކްސިން ޕްރޮގްރާމް ކިތަންމެ ކާމިޔާބުވި ނަމަވެސް ކޮވިޑާ ދެކޮޅަށް ކުރާ ހަނގުރާމަ ނިމިފައިނުވާ ކަމަށް ބައެއް ސައިންސް ވެރިން އަންނަނީ އެގައުމުގެ ސަރުކާރަށް ނަސޭހަތްތެރި ވަމުންނެވެ.

އަދި ޖޫން 21 ވަނަ ދުވަހު ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާ ނިންމުން ބަދަލު ކުރުމަށް ސައިންސްވެރިން އަންނަނީ އެދެމުންނެވެ.

ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ނިންމުން ބަދަލުކުރަން ޖެހޭ ސަބަބެއް ތަފާސް ހިސާބުތަކުން ނުފެންނަ ކަމަށް ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް