ads
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް
ކުއްޖާ މަރުވި މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ: މިނިސްޓަރު ނަސީމް
ކުއްޖާ މަރުވި މައްސަލައިގެ ތަހުގީގު މިރޭ ނިމޭނެ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ އެމަނިކުފާނު ދެކޭ ގޮތުގައި 10 އަހަރުގެ ކުއްޖާ ނިޔާވި މައްސަލައިގައި، އެކުއްޖާ ހޮސްޕިޓަލަށް ގެންދެވުން ލަސްވުމުގައި އިހުމާލު އެބައޮތް ކަމަށެވެ.

ނަސީމް ވިދާޅުވީ އެކަމަށް އެޓެންޑްވި މީހުންގެ އިހުމާލު އެބައޮތް ކަމަށް ގަބޫލް ކުރާ ކަމަށާއި އެކަމުގެ "ތަހުގީގު މިރޭގެ ނިޔަލަށް" ނިމޭނެ ކަމަށެވެ.

އަޅުގަނޑު ދެކޭ ގޮތުގައި ދިހަ އަހަރުގެ މިޝްކާ. އޭނަ ނިޔާވުމުގައި ދިމާވި ކަންތަކުގެ ތެރޭގައި އޭނަ ގެންދިއުން ލަސްވުމާ. މީގަ އިހުމާލު އެބައޮތް އިނގޭތޯ. އެކަމަށް އެޓެންޑް ކުރެވުނު ފަރާތުގެ އިހުމާލު އެބައޮތް ކަމަށް އަޅުގަނޑު ގަބޫލް ކުރަނީ. އެހެންވީމަ އެތަހުގީގު އަޅުގަނޑުމެން ކުރިއަށް މިގެންދަނީ. އިރާދަކުރެއްވިޔާ މިރޭގެ ނިޔަލަށް އެތަހުގީގު ނިމޭނެ. - މިނިސްޓަރު ނަސީމް

މިނިސްޓަރު ވިދާޅުވީ ތަހުގީގު ނިމުމުން އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށާއި، އަދި އަޅާ ފިޔަވަޅުވެސް އާންމު ކުރާނެ ކަމަށެވެ.

އަދި ކަން ހިނގައި ދިޔަ ގޮތުގެ ރިޕޯޓް ބަލާފައި އޭގައި ހާމަ ކުރެވެން ހުރި ހުރިހާ މައުލޫމާތެއް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް