ads
ޝަހީދު ހުސެއިން އާދަމް ބިލްޑިންގް -- ފޮޓޯ: ފުލުހުން
ފުލުހުންނަށް އިންޒާރުދިން މީހަކު ހައްޔަރުކޮށްފި
ފުލުހުންނަށް އިންޒާރުދިން ކަމަށް ބުނެ ރޭ ދަންވަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެ ރޭ ދަންވަރު ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރޭ މެންދަމު 3:10 ހާއިރު މަސްތުގެ ހާލަތުގައި ހުރި 20 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ވަގުތު، އޭނާ ކައިރީގައި ހުރި ދިވެހި ފިރިހެނަކު މާރާމާރީ ހިންގާނެ ކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދީފައިވާ ކަމަށެވެ.

އިންޒާރު ދިނީ 19 އަހަރުގެ މީހެއް ކަމަށާއި އެ މީހާ ފުލުހުން ރޭ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި ދެމީހުން ހައްޔަރުކޮށްފައި ވަނީ މާލެ ތެރެ ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް