ads
ތިނަދޫ ހޮސްޕިޓަލް
ތިނަދޫއިން ކޮވިޑް ޖެހިގެން މީހަކު މަރުވެއްޖެ
ގދ. ތިނަދޫ އިން ކޮވިޑް 19 ޖެހިގެން މީހަކު މަރުވެއްޖެއެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ މެނޭޖަރު މެނޭޖަރު އަހުމަދު ސައީދު ސީއެންއެމް އަށް ވިދާޅުވީ މަރުވެފައިވަނީ އެރަށު ކޮވިޑް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ 88 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެ މީހާ މަރުވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށް ވިދާޅުވިއެވެ.

މިއީ ކޮވިޑް ޖެހިގެން މިއަދު މަރުވި ދެވަނަ މީހާއެވެ.

ކޮވިޑް-19 ޖެހިގެން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކުވެސް ރޭ ދަންވަރުގެ 12:48 ހާއިރު ވަނީ މަރުވެފައެވެ. އެއީ 62 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕއީއޭ އިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި ޖުމްލަ މީހުންގެ އަދަދު މިވަނީ 173 އަށް އަރާފައެވެ.

އިއްޔެ އެކަނިވެސް 704 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ރާއްޖެއިން މިހާތަނަށް ޖުމްލަ 65،868 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އޭގެ ތެރެއިން 41،779 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު އުޅެނީ 23،909 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް