ads
މުސާރަ ކުޑަވުމަކީ ސިކުނޑިއަށް ގެއްލުން ލިބޭ ކަމެއް
ފައިސާ އަކީ ދިރިއުޅުމުގައި ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެއީ ލިބޭ އުފަލެއް ކަމުގައި ވާ އިރު އެއާ ނުލަައި ދިރިނޫޅެވޭނެ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ފައިސާ ނެތްނަމަ ތިމާ އެއީ މީހެއް ކަމަށްވެސް ގިނަ މީހުން ބަލައެއް ނުގަނެއެވެ.
ފައިސާ އަކީ ދިރިއުޅުމުގައި ބޮޑު ދައުރެއް އަދާ ކުރާ އެއްޗެކެވެ. އެއީ ލިބޭ އުފަލެއް ކަމުގައިވާއިރު އެއީ އެއާ ނުލަައި ދިރިނޫޅެވޭނެ އެއްޗެކޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ފައިސާ ނެތްނަމަ ތިމާ އެއީ މީހެއް ކަމަށްވެސް ގިނަ މީހުން ބަލައެއް ނުގަނެ އެވެ.

ފައިސާ އާއި ދިރިއުޅުމާ ގުޅިލާމެހިފައިވާ ކަން ދިރާސާތަކުން ދައްކާއިރު ކުރިއަށްވުރެ ލިބޭ މުސާރަ ކުޑަވެގެން ދިޔުމަކީ އެމީހާގެ ސިކުނޑިއަށް ނުރަނގަޅު އަސަރުތަށް ކޮށް ވިސްނުމުގެ ބާރުވެސް ދަށް ކޮށްލާ ކަމެކެވެ.

މުސާރަ ކުޑަވުމަކީ ވަރަށް ގިނަ ދަތިތަކަކާއި ކުރިމަތިވާނެ ކަމެއް ކަން ޔަގީނެވެ. ގޭ ކުއްޔާއި ކިޔެވުމަށް ދާ ހަރަދާއި އެހެނިހެން ވެސް ބޮޑެތި ހަރަދުތައް ކުރަންޖެހޭ މި ޒަމާނުގައި ލިބޭ މުސާރައިން ދެކޮޅު ޖެހެނީ ކިރިޔާ އެވެ. ބައެއް މީހުންނަށް ލިބޭ މުސާރައިން ދެކޮޅު ނުޖެހިވެސް ދެ އެވެ.

ފްރާންސްގެ އިންސާމް ރިސާޗް ސެންޓަރުން އިނގިރޭސިވިލާތުގައި ހެދި ދިރާސާ އަކުން ދައްކަނީ ކުރިއަށް ވުރެ ލިބޭ މުސާރަ ކުޑަވުމަކީ ސިކުނޑިއަށް ނޭދެވޭ އަސަރުތައް ފޯރުވާ ކަމެއް ކަމުގަ އެވެ.

މިދިރާސާގައި 23 އަހަރާއި 35 އަހަރާއި ދެމެދުގެ 3,287 މީހުން ބައިވެރިވެފައިވެ އެވެ. އަދި 1990 އަހަރުން ފެށިގެން 2010 ވަނަ އަހަރާއި ހަމައަށް އެމީހުންނަށް ލިބޭ މުސާރައާއި މުސާރައަށް އަންނަމުންދާ ބަދަލުތައް ބަލަމުން ގެންދިޔަ އެވެ.

20 އަހަރު ވަންދެން އެ ބަދަލުތައް ބެލުމަށްފަހު އެ މީހުންގެ ވިސްނުމާއި ހަނދާން ހުންނަ މިންވަރު ބެލުމަށް ޓެސްޓުތައް ދެވުނެވެ. ޓެސްޓުތަކުގެ ނަތީޖާ އިން ދައްކާ ގޮތުން މުސާރަ ކުޑަވެފައިވާ ތިބި މީހުންނަށްވުރެ ލިބޭ އާމްދަނީ އެއް މިނެއްގައި ހުރި މީހުންގެ ވިސްނުން މާ ރަނގަޅެވެ.

707 މީހުން ބައިވެރިކޮށް އެމްއާރްއައި ސްކޭން ހަދައިގެން ހެދި ދިރާސާއިންވެސް ދައްކަނީ މުސާރަ ކުޑަ ނުވާ މީހުންގެ ސިކުނޑި އެހެން މީހުންނާއި އަޅާ ބަލާއިރު ރަނގަޅު ކަމަށެވެ.

ސައިންސްވެރިން ބުނާ ގޮތުން މުސާރަ ކުޑަވެ ވިސްނަން ޖެހުމުން ސިކުނޑީގެ ބައެއް ބައިތަކާއި ހަށިގަނޑުގެ އެހެން ބައެއް ގުނަވަންތަކާ އެކު އޮންނަ ގުޅުމަށްވެސް އަސަރުތައް ކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް