ads
އެމެރިކާގެ ރައީސް ޖޯ ބައިޑެން----
އެމެރިކާއިން ކޮވިޑް ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ
ކޮވިޑު-19 އާ ދެކޮޅަށް ގައުމުތަކުން ކުރާ މަސައްކަތްތަކަށް އެހީވުމަށް އެމެރީކާއިން ވެކްސިން ފޮނުވަން ހަމަޖެއްސި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނައިފި އެވެ.

އެމެރިކާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން އިންޑިއާ އާއި ނޭޕާލް އާއި ބަންގްލަދޭޝް އަދި ޕާކިސްތާން އާއި މެލޭޝިޔާ ހިމެނެއެވެ. 

ކޮވިޑުން ދިފާއުވުމަށް 80 މިލިއަން ޑޯޒްގެ ވެކްސިން ބަހާނެެ ގޮތުގެ ފްރޭމްވޯކް އާއި އެންމެ ފުރަތަމަ ފޮނުވާ 25 މިލިއަން ޑޯޒާ ގުޅޭ މައުލޫމާތުތައް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިއަދު ހާމަކުރެއްވިއިރު، 80 މިލިއަން ޑޯޒް ވެކްސިންގެ 75 ޕަސެންޓް ފޮނުވާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ކުރިއަށް ގެންދާ ކޮވެކްސް ފެސިލިޓީގެ ދަށުން ކަމަށް ވަނީ ވިދާޅުުވެފައެވެ. 

އެމެރިކާއިން އެންމެ ފުރަތަމަ ވެކްސިންދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމާއި ގުޅިގެން ރަޢީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އެކަމަށް މަރުހަބާ ދަންނަވާކަން ހާމަކުރައްވާ ޓްވީޓެއް ކުރައްވާފައެވެ. އެ ޓުވީޓުގައި ރައީސް ވަނީ އެކަމަށްޓަކައި އެމެރިކާގެ ރައީސް ބައިޑެންއަށް ޝުކުރުދަންނަވާފައެވެ. 

މީގެ އިތުރުން ޕޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ އެކަަމަށް ޝުކުރު ދަންނަވާފައެވެ. މިނިސްޓަރު ޝާހިދު ވިދާޅުވީ އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމަކީ އެމެރިކާއާއި ރާއްޖެއާއި ދެމެދުއޮތް ގާތްގުޅުން ހާމަވާ ކަމެއް ކަމަށެވެ. 

50%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް