ads
އެމެރިކާއިން ފޮނުވި މެޑިކަލް އެހީ--- ފޮޓޯ:ޔޫއެސް އެއިޑް
އެމެރިކާގެ މެޑިކަލް އެހީ ރާއްޖެއަށް ލިބިއްޖެ
އެމެރިކާއިން ރާއްޖެއަށް ފޮނުވާ އެމަޖެންސީ މެޑިކަލް އެހީ މިއަދު ރާއްޖެއަށް ލިބިއްޖެއެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުން ކޮވިޑް19 އިން އަރައިގަތުމަށް ކުރާ މަސައްކަތަށް އެހީވުމަށް، ރާއްޖެއަށް އިމަޖެންސީ މެޑިކަލް އެހީ ފޮނުވަން ނިންމައި ވައިގެ މަގުން އެ ތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަން އެމެރިކާއިން ހާމަކުރީ އިއްޔެއެވެ. 

"ޔޫއެސްއެއިޑް މޯލްޑިވްސް" އިން މިއަދު ބުނީ އެމެރިކާއިން ފޮނުވާ އެމަޖެންސީ މެޑިކަލް އެހީ މިއަދު ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ޕަލްސް އޮކްސިމީޓަރާއި، ފްރަންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕީޕީއީ ކިޓު ހިމެނޭ ކަމަށް އެ ފަރާތުން ބުނެއެވެ.

your imageއެމެރިކާއިން ފޮނުވި މެޑިކަލް އެހީ

ކޮވިޑް 19 އާ ގުޅިގެން އެމެރިކާއިން މީގެ ކުރިންވެސް ރާއްޖެއަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އޭގެ އިތުރުން އެމެރިކާއިން ކޮވިޑް ވެކްސިން ފޮނުވާ ފުރަތަމަ ގައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ވަނީ ހިމެނިފައެވެ.

ރާއްޖޭގެ އިތުރުންވެސް އެމެރިކާއިން އަންނަނީ ކޮވިޑް 19 އިން އަރައިގަތުމަށް އިންޑިއާ އާއި ނޭޕާލް އާއި ބަންގްލަދޭޝް އަދި ޕާކިސްތާން އާއި މެލޭޝިޔާ ފަދަ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް