ads
ސިޓީ ކައުންސިލުން ވީލްޗެއާ އެކްސެސް ހައިދެނީ---
ސިޓީ ކައުންސިލުން ވީލްޗެއާ އެކްސެސް ހަދައިދެނީ
ގެއަށް ވަންނަނަން ވީލްޗެއާ އެކްސެސް ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލުން ވީލްޗެއާ އެކްސެސް ހަދައިދިނުމުގެ މަސައްކަތް ފަށައިފިއެވެ.

މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ސީއެންއެމް އަށް ވިދާޅުވީ އެ މަސައްކަތް ކުރަމުންދަނީ މާލެ ސިޓީއަކީ ޑިސްއެބިލިޓީ ފްރެންޑްލީ ތަނަކަށް ހެދުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތަކުގެ ތެެރެއިން ކަމަށެވެ. އެގޮތުން ގެއަށް ވަނުމަށް ވީލްޗެއާ އެކްސެސް ބޭނުންވާ ފަރާތްތަކަށް އެކަން ކޮށްދިނުމުގެ މަސައްކަތް މި ހަފްތާ ތެރޭ ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. މި ހަފްތާގައި މިހާތަނަށް ވީލްޗެއާ އެކްސެސް ހަދައިދިނުމަށް އެދި ތިން ރިކުއެސްޓު ލިބިފައިވާކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ.މުއިއްޒު ވިދާޅުވީ ވީލްޗެއާ އެކްސެސް ބޭނުންވާ ހުރިހާ ފަރާތްތަކުންވެސް ސިޓީ އަކުން މާލެ ސިޓީ ކައުންސިލަށް އެކަން އެންގުމުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ވީހާވެސް އަވަހަކަށް އެކަން ކޮށްދޭނެ ކަމަށެވެ. އަދި މި މަސައްކަތް ހުއްޓައިނުލާ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތް ކޮށްދިނުމަށް އެއްވެސް ފީ އެއް ނުނަގާނެއެވެ.

ޑރ.މުއިއްޒު ވިދާޅުވީ ވީލްޗެއާ އެކްސެސްގެ އިތުރުންވެސް މާލެ އަކީ ޑިސްއެބިލިޓީ ފްރެންޑްލީ ސިޓީއަކަށް ހެދުމަށްޓަކައި ސަރުކާރު އޮފީސަތަކާއި ޕާކުތަކާއި، ދަނޑުތައް ހިމެނޭހެން އާންމުން އެއްވެ އުޅޭ ހުރިހާ ތަނެއް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ޑިސްއެބިލިޓީ އެކްސެސް ހަދާނެކަމަށްވެސް ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް