ads
ޝާހުރުކްހާން---
ޝާހުރުކް ގެ ޑަބަލް ފެނި މީހުން އާޝޯހުވެއްޖެ
ކޮންމެ މީހަކާވެސް ސިފަ ވައްތަރު ހަތް މީހުން ތިބޭކަން ސައިންޓިފިކް ހޯދުންތަކުންވަނީ ސާބިތުވެފައެވެ. އެގޮތުން މަޝްހޫރު އެކްޓަރުންނާ ވައްތަރު މީހުން ފެނި އެމީހުންގެ ފޭނުން އާޝޯހުވާ ފަހަރު ފަހަރު މަދެއް ނޫނެވެ.

 ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހްރުކް ހާން އާ ވައްތަރު މީހަކު ފެނި ގިނަ ބައްގެ ސަމާލުކަން މިހާރު ވަނީ އެމީހާއަށް އަމާޒުވެފައެވެ. އިބްރާހީމް ގަދްރީ ނަމަކަށް ކިޔާ މި މީހާ އާ ޝާހުރުކް އާ ވަރަށް ވައްތަރުކަމަށް ގިނަ ބަޔަކު ބުނެ އޭނާގެ ފޮޓޯތައްވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެއެވެ.

މިކަމާ ހުރެ އިބްރާހީމް ގަދްރީ ގެ އިންސްޓަގުރާމު ފޮލޮވަރުން ވެސް ވަނީ ގިނަވެފައެވެ. އިބްރާހީމް ގަދްރީ އަކީވެސް ޝާހްރުކް ގެ ފޭން އެކެވެ. އެގޮތުން އޭނާ ވަނީ ޝާހްރުކްހާން އެކްޓުކޮށްފައިވާ މަޝްހޫރު ލަވަތަކަށް ހަމަ އެގޮތައް އެކްޓު ކޮށް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. 

އެ ވީޑިއޯ އަށްވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

your imageޝާހުރުކް އާ ވައްތަރުކަމަށް ބުނާ މީހާ---

އިބްރާހީމް ގަދްރީ ނޫނަސް މީގެ ކުރިންވެސް ގިނަ ބަޔަކު ވަނީ ޝާހްްރުކް އާ ވައްތަރު ވާން އުޅެ މަސައްކަތް ކޮށް އެކްޓުކޮށްގެން ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަން ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް