ads
ކޮވިޑް ޖެހިގެން މަރުވި މީހަކު ވަޅުލަނީ
މިއަދު މިހާތަނަށް ކޮވިޑްގެ 4 މަރު
ކޮވިޑް ޖެހިގެން މިއަދު މިހާތަނަށް 4 މީހުން މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ ކޮވިޑް ޖެހިގެން މިއަދު ހެނދުނާ ހަމައަށް 4 މީހަކު މަރުވެފައިވާ ކަމަށެވެ.

މިއަދު މިހާތަނަށް މަރުވި 4 މީހުންނަކީވެސް ދިވެހީންނެވެ.

މިއަދުގެ ފުރަތަމަމީހާ މަރުވެފައިވަނީ ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި ދަންވަރު 12:42 ގައެވެ. އެއީ އުމުރުން 64 އަހަރުގެއަންހެނެކެވެ. އަދި 00:52 ގައި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އައި 79 އަހަރުގެ އަންހެނެއް މަރުވެފައިވެއެވެ. މިއީ ކޮވިޑް ޖެހިގެން މަރުވި 180 ވަނަ މީހާއެވެ.

މިއަދުގެ ތިންވަނަ މީހާ މަރުވެފައިވަނީ ފަތިހު 04:19 ގައެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފްލޯގައި ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވަނީ އުމުރުން 28 އަހަރުގެ އަންހެނެކެވެ.

މިއަދު ހެނދުނު 07:17 ގައި ވެސް ވަނީ އިތުރު މީހަކު މަރުވެފައެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް މަރުވެފައިވަނީ އުމުރުން 68 އަހަރުގެ އަންހެނެކެވެ.

މި ތިން މީހުންގެ މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 182 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް