ފޮޓޯ:އެމްއެމްއޭ
މިއަހަރު މާޗްގެ ނިޔަލަށް ދައުލަތައް ލިބުނު އާމްދަނީ 335 މިލިއަން އިތުރުވެއްޖެ
Share
މިދިޔަ އަހަރުގެ މާޗު މަހާ އަޅައި ބަލާއިރު މި އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ 335.7މިލިޔަން ރުފިޔާ އިތުރުވެއްޖެއެވެ.
Advertisement

ރާއްޖޭގެ މަރުކަޒީ ބޭންކު، އެމްއެމްއޭ އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ އަހަރުގެ މާޗު މަހު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަށް ބަލާއިރު މި އަހަރު ލިބުނު އާމްދަނީ ވަނީ 24 އިންސައްތަ އިތުރުވެފައެވެ. އެއީ 335.7 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

އެމްއެމްއޭ އިން ބުނީ އާމްދަނީ އިތުރުވީ ޓެކްސް އަދި ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުން ކަމަށެވެ. އެގޮތުން މިދިޔަ އަހަރާ އަޅައި ބަލާއިރު މި އަހަރުގެ މާޗު މަހު ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ 203.4 މިލިޔަން ރުފިޔާއިން އިތުރުވެފައިވާކަމަށް ރިޕޯޓުން ދައްކައެވެ. އަދި ޓެކްސް ރެވެނިއުގެ ގޮތުގައި ލިބުނު އަދަދު ވަނީ 126.7 މިލިއަން ރުފިޔާ އިތުރުވެފައެވެ.

އާމްދަނީގެ އިތުރުން ދައުލަތުގެ ހަރަދުތައް ވެސް މި އަހަރުގެ ތެރޭގައި އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހާ އަޅައި ބަލާއިރު މި އަހަރު ދައުލަތުގެ ހަރަދުތައް 8 އިންސައްތަ ވަނީ އިތުރުވެފައެވެ. އެއީ ކެޕިޓަލް އެކްސްޕެންޑިޗާގެ ގޮތުގައި 278.8 މިލިއަން ރުފިޔާ އަދި ކަރަންޓު އެކްސްޕެންޑިޗާގެ ގޮތުގައި 72.5 މިލިއަން ރުފިޔާއާ އެކު ޖުމްލަ 351.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ މާޗު މަހުގެ ތެރޭގައި ދައުލަތުގެ އާމްދަނީ ވަނީ ހަރަދުތަކަށްވުރެ ބޮޑަށް އިތުރުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް