ads
ފޮޓޯ: ޕޮލިސް މީޑިއާ----
ކުޅުދުއްފުށީގައި މީހަކު ރަހީނުކުރި މައްސަލައިގައި އިތުރު ޒުވާނަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށް، ހައްޔަރުކުރި މީހުންގެ އަދަދު 4 އަރާފިއެވެ.

ކުޅުދުށްފުށިގައި މޭމަހުގެ 29 ވަނަ ދުވަހުގެ ރޭ މީހަކަށް އަނިޔާ ކުރި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކުރި މިއީ ދެވަނަ މީހާއެވެ. މީގެ ކުޑައިރުކޮޅެއް ކުރިން 19 އަހަރުގެ ޒުވާނަކުވެސް މިއަދު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ވަނީ ހައްުޔަރުކޮށްފައެވެ. އޭގެ ފަހުން ފުލުހުން ދެންމެ ބުނީ، އެމައްސަލައާއި ގުޅިގެން 20 އަހަރުގެ ޒުވާނަކުވެސް މިރޭ ހައްޔަރުކޮށްފަ ވާ ކަމަށެވެ. 

މައްސަލައާ ގުޅިގެން މިމަހުގެ އެއްވަނަ ދުވަހުވެސް ވަނީ ދެމީހުން ހައްޔަރުކޮށްފައެވެ. އެހެންކަމުން މިއަދު ހައްޔަރުކުރި 19 އަހަރުގެ ޒުވާނާއާއި، 20 އަހަރުގެ ޒުވާނާއާއެކު މިއީ މިމައްސަލާގައި ހައްޔަރުކުރި ހަތަރުވަނަ މީހާއެވެ. މީގެ ކުރިން މިމަހުގެ އެއްވަނަ ދުވަހު ހައްުަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 25 އަހަރުގެ ދިވެހި ދެފިރިހެނުންނެވެ. އެދުވަހު އެމީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެެވެ.

މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރު ފުލުހުންނަށް ރިޕޯޓު ކުރި އެހާދިސާގައި ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން އެމީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފައިވެއެވެ. އޭނާ މާލެ ގެނެސް ފަރުވާދެމުންދިޔައީ އައިސީޔޫގައެވެ. ސީއެންއެމްއަށް އެންމެ ފަހުން މައުލޫމާތު ދީފައިވާ ގޮތުގައި އަދިވެސް އޭނާއަށް ފަރުވާދެމުންދަނީ އޭޑީކޭގެ އައިސީޔޫގައެވެ. އެ ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ހޮސްޕިޓަލުން އޭރު ބުނެފައިވެއެެވެ. ބަލިމީހާއާއި ބެހޭ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. 

އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް