ads
އަލީ އާޒިމް
ދަބަހުގައި ގެންދިޔަ އެއްޗެއް 2 މަސް ފަހުން ހާމަކުރާނަން: އާޒިމް
ދަބަހަކަށް އަޅައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ގެންދިޔަ ކަމަށް ވިދާޅުވި ދިޔާ އެއްޗަކީ ކޮން އެއްޗެއްކަން 2 މަސްފަހުން ހާމަކުރާނަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ “އިތުރުކާފު”ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެ ރޭ ބައިވެރިވެ ވަޑައިގެން އާޒިމް ވަނީ ދަބަަހުގައި ގެންދިޔަ ދިޔާ އެއްޗަކީ ހަމަގައިމުވެސް ހަލާލު އެެއްޗެެއް ކަމުގެ ޔަގީންކަން ދެއްވާކަމަށް ވިދާޅުވެފައެވެ. 

އެއީ ހަރާން އެއްޗަކަށް ނުވިޔަސް “ގެންދެވީ ކޯކު ފުޅިއެއްތޯ؟ ނުވަތަ އެނާޖީ ޑްރިންކެއްތޯ؟ ސީދާ ސާފުކޮށް ދިނުމަށް ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ނޫސްވެރިޔާ ވަނީ ތަކުރާރުކޮށް ސުވާލުކުރައްވާފައެވެ. އެހެންނަަމަވެސް އާޒިމް ވިދާޅުވީ، އެވާހަކަ އަދި މިވަގުތައް ދައްކަން ބޭނުންނުވާ ކަމަށާއި، ދެމަސްވަރު ފަހުން އެއީ ކޯޗެއްކަން ހާމަކުރައްވާނެ ކަމަށެވެ. 

" އަޅުގަނޑަށް އަދި އެހަށް ބާއްވަދީ އަދި ދެމަހަށްފަހު، އަޅުގަނޑު މިވަގުތު ހަމަ އަދި އެހަށް ބޭނުންނުވަނީ އެވާހަކަ ދައްކަން. އަޅުގަނޑު މިވާހަކަ ހަމަ މިދޫކޮށްލަނީ ހަމަ ވަކި ބޭނުމެއް އޮވެގެން އިގޭތޯ، މިވާހަކަ ސުވާލު އުފެދޭގޮތަށް. އެހެންވީމަ އަޅުގަނޑު މި ދަންނަަވަނީ އަޅުގަނޑު ދެމަހެއްހާ ފަހުން އެއީ ކޯޗެއްތޯވެސް ބުނެދޭނަން. މީޑިއާގަ ބުނެދޭނީވެސް" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެއީ ކޯޗެއްކަން އާޒިމްއަށް އެނގޭކަމަށާއި، ހަމަގައިމުވެސް އެއީ ހަރާން އެއްޗެއް ނޫންކަމަށެެވެ.

އަދި އެކަމުގަައި ޖަވާބުދާރީވާން ދެމަސްވަރު ބޭނުންވާ ކަމަށާއި، އެކަން މިވަގުތައް ސުވާލެއްގެ ގޮތުގައި ދޫކޮށްލަން ބޭނުންވަނީ ސަބަބެއްވެސް އޮވެގެން ކަމަށެވެ. އެހެންނަމަވެސް އެއީ ކޮން ސަބަބެއް ކަމެއް އާޒިމް ވިދާޅެއް ނުވެއެވެ.

އާޒިމް ވިދާޅުވީ ދަބަހަށް އަޅާގެން ގެންދިޔަ އެއްޗެއް ދެމަސްވަރުފަހުން ހާމަކުރާއިރު، އެކަން ހާމަކުރާނީ ވެސް މީޑިއާގައި ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓުގައި އާޒިމްގެ ނަން ހިމެނުމާއިއެކު ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އާޒިމް މީގެ ކުރިން ވިދާޅުވެފައިވަނީ އަދީބާއި ބައްދަލުކޮށް ދަބަހަކަށް އަޅައިގެން ގެންދިޔައީ ކަރުދާހެއް، ނޫނީ ފައިސާއެއް ނޫން ކަމަށާއި، އެއީ ދިޔާއެއްޗެއް ކަމަށެވެ. 

ހޮނިހިރު ދުވަހުގެ ރޭ އިތުރުކާފު ޕްރޮގްރާމްގައި އާޒިމް ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ބެހޭގޮތުންވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ހިޔާނާތުގެ ފައިސާ ބޭނުންކުރި ކަމުގެ ތުހުމަތު އޮތްކަމަށް ވީނަމަވެސް އެ ތުހުމަތަކީ ހަަމަ އެ މައްސަލާގައި ހުކުމެއް އިއްވާފައިވާ މީހަކު ބުނާ އެެއްޗެއްގެ މައްޗަށް ރިއާޔަތްކޮށް ބޮލުގައި އަޅުވާ ތުހުމަތުތަކެއް ކަމަށްވުމުން، އެއީ އަސްލެތްނެތް ތުހުމަތުތަކެއްކަން އެގޭ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް