ފޮޓޯ: ސަން
ތުހުމަތެއް އަޅުވާގެން އިސްތިއުފާނުދޭނަން، އެކަން ޒަމީރަށް ގަބޫލުކުރެވުނީމަ ދޭނަން: އާޒިމް
Share
ތުހުމަތެއް އަޅުވައިގެން އިސްތިއުފާނުދޭނެ ކަމަށާއި އިސްތިއުފާދެއްވާނީ އެކަން އަމިއްލަ ޒަމީރަށް ގަބޫލުކުރެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
Advertisement

ސީއެންއެމްގެ “އިތުރުކާފު”ޕްރޮގްރާމުގައި ހޮނިހިރު ދުވަހުގެރޭ ބައިވެރިވެ ވަޑައިގެން އާޒިމް ވަނީ އޭނާގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތުހުމަތުތަކާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ. 

އާޒިމް ވިދާޅުވީ، އޭނާގެ މައްޗަށް ކުރެވޭ އެމްއެމްޕީއާރްސީ ތުހުމަތުގައި ތަހުގީގުކުރެވި ދައުވާކުރަން ފޮނުވާ ހިސާބުން މަގާމާއި ދުރަށް ޖެހިލަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެެ. އެނޫންގޮތަކަށް އޭނާއަކީ މީހަކު އެއްޗެއްގައި ހިފި މީހެކޭ ބުނެގެން އަދި އިސްތިއުފާ ދޭން ޖެހޭނެ ކަަމަށް ގަބޫލުނުކުރައްވާ ކަމަށް އާޒިމް ވިދާޅުވިއެވެ. 

"އެހެން ނޫނީއަކާ އަޅުގަނޑު ގަބޫލެއް ނުކުރަން އަދި މީހަކު އަޅުގަނޑަކީ ނޫނީ އެހެންމީހަކީ އެއްޗެއްގަ އަތްލި މީހެކޭ، އެއްޗެއް ގެންގުޅުން މީހެކޭ ބުނާ ހިސާބުން އަދި، އެހެންނޫން އަޅުގަނޑު އެކަން ކޮށްފި ކަމަށް އަޅުގަނޑުގެ ޒަމީރަށް ގަބޫލުކުރެވެންޏާ އަޅުގަނޑު ހަމަ ދުރުގަ ހުންނާނީ" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ، އަދީބަކީ އެ މައްސަލާގައި ދައުވާކޮށް، ޖަލަށް ލާފައިވާ މީހަަކަށްވެސް ވާއިރު، އޭނާގެ ނަން ލިސްޓުގައި ހިމެނުމަށް އަދީބުގެ ބަސް ނެގޭނެ ކަމަށްވެސް ގަބޫލުނުކުރައްވާ ކަމަށެވެ. ބަންދުގައި އަދި ހައްޔަރުގައި ހުރި މީހަކު އެހެން ބުނާބުނުން އެއީ ކިހާ ބުރަދަނެއް ދޭނެ އެއްޗެއްތޯވެސް ބަލާލަންޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އެ މައްސަލަ 241 ކޮމެޓީއަށް އައުމާއިއެކު ކޮމެޓީން ދުރަށްދިޔަ ކަމަށާއި، އެހެންނަަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުގައިވެސް ހަމަ ތުހުމަތެއް ކުރެވޭއިރަށް މަގާމުން އިސްތިއުފާދެނީ ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

" ރާއްޖޭން ބޭރުގެ އެހެން ގައުމުތަކުގެ މިސާލު ޖައްސަވާއިރު އެގިލައްވާނެ އަދި ކޮންމެ ތުހަމަތަކަށް ކޮންމެ މީހަކު ދަނީކީ ނޫން އެމީހާ ތުހުމަތުކުރެވޭއިރު އެމީހާއަށް އެބައިގޭ މީގަ ޖެހިވިއްޖެކަން އަތްލެވިއްޖެކަން. އެ އެގޭ މީހާ ތުހުމަތުކުރެވޭ ހިސާބުންވެސް ދުރަށް ދިޔުމަކީ ނެތްކަމެއް ނޫން، އެ ހަމަ ރީތި ރަނގަޅުގޮތެއް، އޭނާއަށް އެކުށެއް ކުރެވިއްޖެކަން ގަބޫލުކުރެވޭ ހިސާބުން. އެކަމަކު ހަމަ ތުހުމަތު ކުރެވޭ މީހަކު އަޅުގަނޑު ގަބޫލެއް ނުކުރަން އިސްތިއުފާދީފަ ދާނެ ކަމަކަށް" އާޒިމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއާއި ސަލާމަތީ ހިދުމަތްތަކާއި ގުޅޭ ކޮމިޓީން އުފެއްދި ޖޮއިންޓް ކޮމިޓީން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވި އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ލިސްޓުގައި ހުރި 281 މީހެއްގެ ނަންތައް އާއްމުކޮށްފައެވެ. ނަމަވެސް ހާމައަށް ފެންނަން އޮތް ލިސްޓާއިއެކުވެސް އެ ލިސްޓުގައި ހިމެނޭ މީހުން ބުނަމުން އަންނަނީ ހިޔާނާތްތެރިވެފައި ނޯންނާނެ ކަމަށެވެ.

އާންްމުކުރި ލިސްޓުގައި އެންމެ ފާހަގަ ކުރެވޭ އެއްބޭފުޅެއްގެ ގޮތުގައި އޮތީވެސް އާޒިމްގެ ނަމެވެ. އާޒިމް ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ލިސްޓް ކޮމިޓީއަށްް ލިބުމާއެކު ކޮމިޓީގެ މަސައްކަތްތަކުން އަމިއްލައަށް އެދުވަސްކޮޅު އެކަހެރިވިނަމަވެސް މިހާރު އަނެއްކާވެސް އެ ކޮމެޓީގެ މަސައްކަތްތަކާއި ގުޅިވަޑައިގެންފައެވެ.  

އިތުރުކާފު ޕްރޮގްރާމުގައި އާޒިމް ވިދާޅުވީ، ކޮމެޓީން އެދުވަސްކޮޅު އެކަހެރިވީވެސް އިންސާފުވެރިކަމާއިއެކު ދެފުށް ފެންނަގޮތަށް ކަންކުރުމުގެ ފުރުސަތު 241 ކޮމެޓީއަށް ދިނުމަށްކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް