ads
ޝެއިހް އިލްޔާސް---ފޮޓޯ:ހަފްތާ
"މިއީ އީމާންކަމާ ގުޅިފައިވާކަމެއް"
ކީރިތި ރަސޫލާ (ސއވ) އަށް ނިސްބަތްކޮށް ބަސްތަކެއް އަތުވެއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށާއި އެއީ އީމާންކަމާ ގުޅުންހުރި ކަމަކަށް ވުމުން އެއީ އޮއްބާލަން އުޅުނަސް އޮއްބާލެވޭނެ ވާހަކަތަކެއް ނޫންކަމަށް ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.
ކީރިތި ރަސޫލާ (ސއވ) އަށް ނިސްބަތްކޮށް ބަސްތަކެއް އަތުވެއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށާއި އެއީ އީމާންކަމާ ގުޅުންހުރި ކަމަކަށް ވުމުން އެއީ އޮއްބާލަން އުޅުނަސް އޮއްބާލެވޭނެ ވާހަކަތަކެއް ނޫންކަމަށް ޝެއިހް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

ޝެއިހް އިލްޔާސް އެހެން ވިދާޅުވީ ރާއްޖޭގައި ދީނީ ގޮތުން ހަރުކަށި ފިކުރު ފަތުރާ ގޮތްތަކާއި އެ ފިކުރުގެ އަސަރު ރާއްޖޭގައި އަށައިގެންފައިވާ މިންވަރު ބެލުމަށްޓަކައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން)އިން ކުރި ދިރާސާ ރިޕޯޓާ ގުޅިގެން މިއަދު ދީނީ އިލްމުވެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިހް އިލްޔާސް ވިދާޅުވީ ކީރިތިރަސޫލާ (ސއވ) އަށް ބަސްތަކެއް އަތުއްވެއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ ކަމަށެވެ.

"މިއީ އޮއްބާލަށް އުޅުނަސް އޮބިގެންދާނެ ވާހަކަތަކެއް ނޫން، ސަބަބަކީ މިއީ އީމާންކަމާ ގުޅިފައިވާ ކަމެއް، ހިތާ ގުޅިފައިވާ ކަމެއް، ލެއާ ގުޅިފައިވާ ކަމެއް، އެހެންވީމަ އަޅުގަނޑުމެންގެ އިލްތިމާސްއަކީ މިފަދަ ކަންތައްތަކުން ރައްޔިތުން ދުރުހެލިވުން" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އޭގެ އިތުރުން ގާނޫނު އޮންނާނީ ފަހުން ކަމަށާއި އޭގެ ކުރިން އޮންނާނީ އިސްލާމް ދީން ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ. އަދި އިސްލާމް ދީނުގެ މައްޗަށް އެއްވެސް މީހަކަށް ނޭރޭނެ ކަމަށާއި އިސްލާމީ ޝަރީއަތުގެ ނަޒަރުގައި ވެސް ގާނޫނީ ހަމަތަކުގެ މަތިން ވެސް މިހުރިހާ ކަމަކީ ވެސް ކުށެއް ކަމަށް ޝެއިހް އިލްޔާސް ވިދާޅުވިއެވެ. އަދި އެކުށަށް ފިޔަވަޅެއް އެޅެން ޖެހޭނެ ކަމަށް ވެސް ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

"ހިތައް އަސަރު ކުރޭ، އެއީ އަޅުގަނޑުމެންނަކީ ގައިބު އެނގޭބައެއް ނޫން، މިފަދަ ކަމެއް ކުރުމަކީ ގޯސް ކަމެއް، އަޅުގަނޑުމެންގެ ޅަދަރީންގެ ހިތްތަކުގައި އިސްލާމީ އަގީދާ ވަރުގަދަ ވިޔަ ނުދިނުމަށްޓަކައި އެކަންތައް ކުރުމަކީ ގާނޫނީ ގަތުން ވެސް ދީނީ ގޮތުން މުޅިން ވެސް މަނާ ކަމެއް، އެފަދަ ބަޔަކަށް ހިތްވަރުދޭ ބަޔަކީވެސް އެފަދަ ބަޔަކާ ބައިވެރިވެފައިވާ ބައެއް" ޝެއިހް އިލްޔާސް ވިދާޅުވިއެވެ.

އެ ރިޕޯޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ވެސް ނުރުހުން ފާޅުކުރަމުންނެވެ.

އޭގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނިވަޑައިގަންނަވާއިރު އެ ބޭފުޅުން ވެސް އަންނަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލަމުންނެވެ.

ރިޕޯޓު ގެނެވިފައިވާ ގޮތުން އެމްޑީއެނުން މައާފަށް އެދި ނޫސް ބަޔާނެއްވެސް ނެރެފައެވެ. އަދި މިހާރު އެ ޖަމިއްޔާގެ ވެބްސައިޓުން އެ ލިޔުން ވަނީ ނަގާފައެވެ. ލިޔުން ނެގީ ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓު އަލުން ރިވިއުކުރުމަށް ކަމަށް ވެސް އެ ޖަމިއްޔާއިން ބުންޏެވެ.

އެ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން ވަނީއެދިފައެވެ. އަދި ރަސޫލާ (ސއވ) އަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައިވާ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް