ads
ޖޭއެސްސީ ---
ސުލޫކީ މައްސަލައަކާ ގުޅިގެން ގާޒީ ހުސައިން ފާއިޒް އަށް ނަސޭހަތް ދެނީ
ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދުއާ މެދު ސުލޫކީ މައްސަލައެއް ސާބިތުވެ ފިޔަވަޅު އެޅުމަަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ގާޒީ ހުސައިން ފާއިޒްގެ ސުލޫކީ މައްސަލައެއް ބަލަންފަށާފައިވަނީ ކޯޓުގެ ޝަރީއަތްކުރާ ރޫމްގެ ބޭރުން ކޯޓުގެ އެހެން މުވައްޒަފަކު ލައްވައި، މައްސަލަ ރައްދުވާ ފަރާތް ގޭބަންދުކުރުވައި، ކޯޓުރޫމުގެ ބޭރުގައި މައްސަލަ ރައްދުވާފަރާތް ބޭންދުމަށްފަހު މައްސަލައިގައި ހުކުމް ހަވާލުކުރުމަކީ ކުރާކަމެއްކަމަށް ބުނެފައިވާތީވެ.

ގާޒީ ހުސައިން ފާއިޒް ރަޝާދުއާ މެދު ސުލޫކީ ފިޔަވަޅު އެޅުމަށް ނިންމައި ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާޒީ ހުސައިން ފާއިޒްގެ އެ އަމަލަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނާއި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއްކަމަށް ތަހުގީގަށް ސާބިތުވެފައިވާ ކަމަށެވެ.

އެހެންކަމުން ޖޭއެސްސީގެ ގާނޫނުގެ ދަށުން، ގާޒީ ހުސައިން ފާއިޒް އަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައާޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް މިދިޔަ ބުދަ ދުވަހު ބޭއްވުނު އެ ކޮމިޝަނުގެ 44 ވަނަ ޖަލްސާގައި ކޮމިޓީގެ އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް