ads
ދަގަނޑޭ ދުބާއީގައި ކޮވިޑު ޓެސްޓު ކުރަނީ
ކޮވިޑުން ފަސޭހަވިޔަސް ދަގަނޑޭއެއަށް ކުޅެވޭނެ ކަމާމެދު ޝައްކު
ކޮވިޑުން ފަސޭހަވިޔަސް، ރާއްޖޭގެ އެއް ނަންބަރު ފޯވާޑު އަލީ އަޝްފާގަށް، ވޯލްޑްކަޕް ކޮލިފައިންގައި ބާކީ ހުރި މެޗުތަކުގައި ކުޅެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެއެވެ. ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ މި ދިޔަ މަހުގެ ފަހުކޮޅުއެވެ.

މިދިޔަ މަހު ފަހުކޮޅު ހެދި ޓެސްޓުން ދަގަނޑޭ ކޮވިޑަށް ޕޮޒިޓިވްވީ ނަމަވެސް އެންމެ ފަހުން ހެދި ޓެސްޓުން ދެއްކީ ނެގެޓިވްކަމަށެވެ. އެހެންނަމަވެސް ޔޫއޭއީގައި އަމަލު ކުރަމުން އަންނަ އުސޫލަކީ، ނެގެޓީވްވިޔަސް އިތުރު ދިހަ ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރުމާއި އަދި ކަރަންޓީނު ނިމުމުން އަނެއްކާވެސް ޓެސްޓް ކުރުމަށް ފަހު ނެގެޓިވްވުމުން ނޫނީ ކަރަންޓީނުން ނުވީއްލޭ އުސޫލެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޔޫއޭއީގައި އަމަލު ކުރާ އެ އުސޫލުން ބަލާނަމަ، ދަގަނޑޭގެ ކަރަންޓީނުގެ މުއްދަތު ހަމަވާނީ އަންނަ ހަފުތާ ތެރޭގައެވެ. އެހެންކަމުގައި ވެއްޖެ ނަމަ ހުކުރު ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ދަގަނޑޭއަށް ކުޅެވޭނެ ކަމާ މެދު ޝައްކެވެ. ރާއްޖޭގެ ފަހު މެޗު އޮތީ އަންނަ އަންގާރަ ދުވަހު ފިލިޕީންސްއާ ދެކޮޅަށެވެ. މިހާރު ކުރިއަށްދާ މެޗުތަކުގެ ތެރެއިން ފުރަތަމަ މެޗުގައި ހުކުރު ދުވަހު ސީރިއާ އަތުން ބަލިވިއިރުވެސް ދަގަނޑޭ ނުކުޅެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް