ads
ސިޕީ ހަމީދު
އިހުމާލުވި މުވައްޒަފުންނަށް ޖިނާއީ ދައުވާކޮށްދިނުމަށް އެދިއްޖެ
މިޝްކާގެ މަރުގެ މައްސަލައިގައި އިހުމާލުވެފައިވާ މުވައްޒަފުންގެ މައްޗަށް ޖިނާއީ ދައުވާކޮށްދިނުމަށް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ކޮވިޑު ބަލީގައި ނިޔާވި އުމުރުން 11 އަހަރުގެ ފާތުމަތު މިޝްކާ ނިޔާވި މައްސަލައިގައި އެމްބިއުލާންސް ފޮނުވުމާއި، މައްސަލައަށް އެޓެންޑުވުމުގައި ބޮޑެތި އިހުމާލުތަކެއް ވެފައިވާކަމަށް ހެލްތު މިނިސްޓްރީ އިން ނެރުނު ރިޕޯޓުގައި ވަނީ ބުނެފައެވެ. އަދި އާއިލާގެ ފަރާތުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްފައިވާ ކަމަށާއި، އިހުމާލު އޮތީ ކަމާބެހޭ ފަރާތްތަކުގެ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ފަރާތްތަކާމެދު ޖިނާއީ ދައުވާކޮށްދިނުމަށް އެދި އިއްޔެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ސިޓީއެއް ފޮނުވާފައިވަނީ އަމިއްލަ ފަރާތަކުންނެވެ. އެ ސިޓީ ވަނީ ސީއެންއެމް އަށް ލިބިފައެވެ.

އެގޮތުން މިޝްކާގެ މަރުގައި އިހުމާލުވި ބައެއް ފަރާތްތަކުގެ ނަންތައް މުވައްޒަފުގެ މަސްލަހަތަށްޓަކައި މިނިސްޓްރީގެ ބަޔާނުން އުނިކޮށްފައިވާ ކަން އެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކޯލް ސެންޓަރުގެ ހުރިހާ ސެކްޝަންތަކަކުން ބޭނުންކުރަމުން އަންނަ ސޮފްޓް ވެއާ "އައުޓް ބްރޭކް ސިސްޓަމް" އަށް ކޮންޓެކްޓް ޓްރޭސިން ސެކްޝަނުން މައްސަލަ ފީޑްކޮށްފައި ނުވާކަން މިނިސްޓްރީގެ ބަޔާނުން އެނގޭކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. 

މިވަގުތުވެސް މިދިޔަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޕޮޒިޓިވްވެފައިވާ ރިސްކް ކެޓަގަރީގެ ގިނަ މީހުންގެ ބަލީގެ މައުލޫމާތު ކޮންޓެކްޓް ޓްރޭސިން ސެކްޝަނުގެ ޓީމް ލީޑަރު އަދި ސިވިލް ސާވިސްގެ މުވައްޒަފު، ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރުގެ އިހުމާލުން ގަވައިދުން ސިސްޓަމަށް އަޅަމުން ނުދިޔުމާއި ބަލިމީހާއަށް ޖެހިޖެހިގެން ދެތިން ފަހަރަކު ގުޅާފައި ފޯނު ނެގުމުން އެޓެންޑެޑް ޖެހުމަށްފަހު ކޭސް ކްލޯސް ކުރަމުން އަންނަ ކަމުގެ މައުލޫމާތު އެސެކްޝަނުގެ ދަރުމަވެރިންގެ ފަރާތުން ލިބެމުން އަންނަ ކަމަށް ސިޓީގައި ބުނެފައިވެއެވެ

ސީޕީ ހަމީދަށް ފޮނުވި އެ ސިޓީގައި އިތުރަށް ބުނެފައިވަނީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރާ ސީދާ ހަވާލުވެ ހުރި އޯވަ އޯލް އޮޕަރޭޝަންސް އިންޗާރޖު އަދި އިންސިޑެންޓް ކޮމާންޑަރު ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ދައުލަތުން ހަވާލުކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްދުގައި އަދާކޮށްފައި ނުވާކަމަށެވެ. 

އެފަދަ އެތަކެއް އިހުމާލުގެ މައްސަލަތަކާއި އަދި ހާއްސަކޮށް މިޝްކާ ނިޔާވުމަށް މެދުވެރިވި މައްސަލައިގައި މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ އިހުމާލުން ކަމުގައިވާތީ އާއި އެކަމަކީ ގާނޫނުލް އުގޫބާތުގައި ސީރިއަސް ޖީނާއީ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާތީ، މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިއާޔަތްކޮށް އޭނާގެ މައްޗަށް ތަހުގީގު ހިންގަވައި، ޖިނާއީ ދައުވާކޮށް ދެއްވައި އަދި މައްސަލަ ބަލަމުން އަންނަކަން ދިވެހި ސިވިލް ސާވިސް ކޮމިޝަނަށް އަންގަވައި ދެއްވުމަށް އެ ސިޓީ ފޮނުވި ފަރާތުން ފުލުހުންގެ ކިބައިން ވަނީ އެދިފައެވެ.

މިޝްކާގެ ހާލު ގޯސްވާން ފެށުމުން އޭނާގެ ބެލެނިވެރިން ކޯލް ސެންޓަަރަށް ގުޅައި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާ ކަމަށް ބުނެފައިވެއެވެ. އެ މައުލޫމާތު ކޯލް ސެންޓަރުން "އޯބީ" ސިސްޓަމަށް އަޅައި ވަނީ ޓިކެޓް ރެއިސްކޮށްފައެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އެރޭ 21:53 ޖީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކުރިކަމަށާއި ނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ފޯނު ނުނެގުމުން މައުލޫމާތު ޝީޓުގައި މައްސަލައަށް އެޓެންޑުވި ކަމަށް ޑީއެމްއާރުޓީން ވަނީ ރަޖިސްޓްރީ ކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް