ads
ރައީސް ނަޝީދު
ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ އެމްޑީޕީ މެމްބަރުންގެ ވޯޓުން ބޭރުކޮށްލައިފި
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ އެމްޑީޕީގެ ހަތަރު މެމްބަރުން ވޯޓު ދެއްވައިގެން އެމައްސަލަ ކޮމެޓީން ބޭރުކޮށްލައިފި އެވެ.

ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ ބޭރުކޮށްލަން ވޯޓުދެއްވާފައިވަނީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ، ކޮމަންޑޫ ދާއިރާގެ މެމްބަރު ހުސައިން ވަހީދުގެ އިތުރުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އެވެ.

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލަމުންދާ މަޖިލީހުގެ ކޮމިޓީ އަށް ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ނިންމި ނަމަވެސް، ޑިފެންސް މިނިސްޓްރީން ވަނީ އެކަމަށް ދެކޮޅު ހަދައި ކޮމިޓީ އަށް ޖަވާބުދާރީ ވާނީ މުއައްސަސާއިން ކަމަށް މަޖިލީހަށް އަންގާފަ އެވެ. 

ވަކިވަކި ސިފައިންގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާއިން ކަން ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކުރައްވާފައިވާ ޑިފެންސްގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދިނުމަށް މަޖިލީހުން މިހާރު ވަނީ ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ. 

އެހެން ނަމަވެސް ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމަށް އެމްޑީޕީގެ ހަތަރު މެމްބަރުން މައްސަަލަ ބޭރުކޮށްލުމަށް ވޯޓުލާފައިވާއިރު، އެ ކޮމިޓީގައި އެމްޑީޕީގެ އަށް މެމްބަރުން ތިއްބަވައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް