ads
ފޮޑެން އަދި ޑިބްރޭނާ
މޮޅު ކުޅުންތެރިޔަކަށް ޑިބްރޭނާ، އެންމެ ޒުވާން ކުޅުންތެރިޔަކަށް ފޮޑެން.
ނިމިގެންދިޔަ އިނގިރޭސި ޕްރެމިއާލީގެ ގެ ކުޅުންތެރިން ހޮވި އެންމެ މޮޅު ކުޅުންތެރިޔަކަށް މެންޗެސްޓާރ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހޮވިފައިވާ އިރު އެންމެ ޒުވާން ކުޅުންތެރިޔަކަށް ހަމަ އެ ޓީމް ގެ ފޯވަޑް ފިލް ފޮޑެން ހޮވައިފިއެވެ.

ޑިބްރޭނާ އަށް މިފަހަރު އެންމެ މޮޅު ކުޅުންތެރިޔާ ގެ އެވޯޑް ލިބުމާއި އެކު ޑިބްރޭނާ އަށް މި ވަނީ ޖެހިޖެހިގެން 2 ވަނަ ފަހަރަށް މޮޅު ކުޅުންތެރިޔާ އެވޯޑް ލިބިފައެވެ. އެއީ މަސްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ އަދި އާސެނަލް ގެ ލެޖެންޑް ތިއޮރީ އޮންރީ ހަދާފައިވާ ރެކޯޑް އާއި އެއްވަރެވެ. 

މިފަހަރު މި އެވޯޑް ޑިބްރޭނާ އަށް ލިބިފައިވަނީ މެންޗެސްޓާ ޔުނައިޓަޑް ގެ މިޑް ފީލްޑަރު ބުރޫނޯ ފަނަންޑޭޒް އާއި ޓޮޓެންހަމް ގެ ފޯވަޑް ހެރީ ކޭން ގެ ސިޓީ އައިކޭ ގުންޑޮވާނަ އާއި ވާދަކޮށްގެންނެވެ. 

ޑިބްރޭނާ ބުނި ގޮތުގައި ޓީމާ އެކު ހޯދޭ ކާމިޔާބީތަކަކީ ވަރަށް ހިތް ހަމަޖެހޭ ކަމެއް ކަމަށާއި މީގެ އިތުރުން އަމިއްލަ އަށް ލިބޭ ކާމިޔާބީ އަކީ ވެސް ލިބޭ އެހާ ހާއްސަ ހިތްހަމަޖެހުމެއް ކަމަށެވެ. 

އެންމެ ޒުވާން ކުޅުން ތެރިޔާ ގެ މަގާމު ލިބުނު ފޮޑެން އަށް މި މަގާމު ލިބިފައިވަނީ ސެނަލުގެ ބުކަޔޯ ސަކާއާއި ޗެލްސީގެ މޭސަން މައުންޓް އަދި ޑެކްލަން ރައީސްއާ ވާދަކޮށެވެ. ފޮޑެން އެހެން ކުޅުންތެރިންނާއި އަޅާބަލާ އިރު ކުޅެފައިވާ ވަގުތު މަދުނަމަވެސް އޭނާ ވަނީ ބެލުންތެރިން އިންތިހާ އަށް ހައިރާން ކޮށްލާ ފަދަ ތަފާތު ކުޅުމެއް ދައްކާލާފައެވެ. އެގޮތުން ނިމިދިޔަ ސީޒަންގައި 9 ގޯލް ޖަހާ 5 އެސިސްޓް ފޮޑެން ވަނީ ހަދާފައިއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް