ads
ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް
އިންކުއަރީއަށް ސަރުކާރުން ހުރަހެއް ނާޅާ: އަސްލަމް
މަޖިލީހުގެ ކޮމިޓީ އަށް ވަކިވަކި ސިފައިން ހާޒިރުވިޔަނުދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ދޮގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ މައްސަލަ ބަލަމުންދާ މަޖިލީހުގެ ކޮމިޓީ އަށް ވަކިވަކި ސިފައިން ހާޒިރުވިޔަނުދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު ދޮގުކުރައްވައިފިއެވެ. 

މިއަދު 241 ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، 241 ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ އިންކުއަރީއަށް ސަރުކާރުން ހުރަސް ނާޅާކަމަށެވެ. 

އަސްލަމް މިހެން ވިދާޅުވެފައި މި ވަނީ ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ނިންމި ނަމަވެސް ޑިފެންސް މިނިސްޓްރީން އެކަމަށް ދެކޮޅު ހަދައި ކޮމިޓީ އަށް ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށް މަޖިލީހަށް އަންގާފައި ވަނިކޮށެވެ. 

އަދި ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެކަމަށް ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑިފެންސްގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދިނުމަށް މަޖިލީހުން މިހާރު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް