ads
ސުނިލް ޝެޓީ--
ސުނިލް ޝެޓީގެ ފުރަތަމަ ހޮލީވުޑް ފިލްމުގެ ޝޫޓިން ފަށައިފި
ސުނިލް ޝެޓީގެ ފުރަތަމަ ހޮލީވުޑް ފިލްމު، "ކޯލް ސެންޓާ" ގެ ޝޫޓިން ހައިދަރްއާބާދުގައި ފަށައިފި އެވެ.
ސުނިލް ޝެޓީގެ ފުރަތަމަ ހޮލީވުޑް ފިލްމު، "ކޯލް ސެންޓާ" ގެ ޝޫޓިން ހައިދަރްއާބާދުގައި ފަށައިފި އެވެ.

އެ ފިލްމު ޑައިރެކްޓު ކުރަނީ ޖެފެރީ ޗިން އެވެ. ރިޕޯޓުތައް ބުނާ ގޮތުން އެ ފިލްމު ބިނާ ވެފައި ވަނީ އިންޑިއާ ފުލުހެއްގެ ހަގީގީ ވާހަކަތަކެއްގެ މައްޗަށެވެ.

އެ ފިލްމުގައި ސުނިލް ޝެޓީ ކުޅޭނީ ފުލުސް މީހާގެ ރޯލެވެ. ފިލްމުގެ އެހެން ރޯލުތަކުން ފެންނަނީ އިންޑިއާ އާއި އެމެރިކާގެ އެކްޓަރުންނެވެ.

އެ ވާހަކައަކީ އިންޑިއާގެ ކޯލް ސެންޓަރެއްގައި މަސައްކަތް ކުރާ ހަތަރު މީހަކު އެމެރިކާ ކުންފުންޏަކަށް މަކަރު ހަދާ، 381 މިލިއަން ޑޮލަރު ހޯދާ ގޮތުގެ ވާހަކަ އެވެ. އެކަން ފަޅާ އަރުވާލަނީ ސިކް ފުލުހެކެވެ.

އެ ފިލްމު ތެލޫގޫ އަދި ހިންދީ ބަހުން ޑަބް ކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ފިލްމުގެ ޝޫޓިން ސުނިލް ފެށީ ސެޕްޓެމްބަރު ފަހުކޮޅުގަ އެވެ. މިއަހަރު ނިމުމުގެ ކުރިން ޝޫޓިން ނިންމާލަން ދަނީ މަސައްކަތް ކުރަމުންނެވެ.

ދެހާސް ހަތްވަނަ އަހަރު ސުނިލް ޝެޓީ ވަނީ "ޑޯންޓް ސްޓޮޕް ޑްރީމިން" ނަމަކަށް ކިޔާ ހޮލީވުޑް ފިލްމަކުން ގެސްޓެއްގެ ގޮތުގައި ފެނިފަ އެވެ. އެކަމަކު "ކޯލް ސެންޓާ" ވާނީ އޭނާގެ ފުރަތަމަ ބޮޑު ހޮލީވުޑް ފިލްމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް