ads
ފޮޓޯ:އަވަސް
ކާމިޔާބީ ރަމްޒުކޮށްދެނީ މުޅި ދުނިޔެ ރައީސް ސޯލިހްގެ ސަރުކާރު ބަލައިގެންފިކަން: ޝާހިދު
އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ރާއްޖެއަށް ލިބުން ރަމްޒުކޮށްދެނީ މުޅި ދުނިޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަލައިގެންފި ކަން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި މިރޭ ބޭއްވި އިންތިހާބުގައި މިނިސްޓަރު ޝާހިދު، އެ ގޮނޑި ކާމިޔާބު ކުރެއްވީ 193 މެމްބަރު ގައުމުގެ ތެރެއިން 143 ގައުމުގެ ތާއީދާއެކުއެވެ. 

ކާމިޔާބީއަށްފަހު މިނިސްޓަރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އދ. ގެ މިހާ އިސް މަގާމަކަށް ދިވެއްސަކު އިންތިހާބުކުރި ފުރަތަމަ ފަހަރު ކަމަށާއި އެކަމުން ރަމްޒުކޮށްެދެނީ މުޅި ދުނިޔެ ރައީސް ސޯލިހްގެ ސަރުކާރު ބަލައިގެންފި ކަން ކަމަށެވެ. 

" މިކަމުން ރަމްޒުކޮށްދެނީ މިއަދު މުޅި ދުނިޔެ ރާއްޖެ ބަލައިގަންފި ކަން. ރައީސް ސޯލިހްގެ ސަރުކާރު މުޅި ދުނިޔެ ބަލައިގަނެފައިވާ ކަން. ރައީސް ސޯލިހުގެ ހާރިޖީ ސިޔާސަތު މުޅި ދުނިޔެ ބަލައިގެންފި ކަން " މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، "ސްމޯލް އައިލަންޑް ޑިވެލޮޕިން ސްޓޭޓް"ގެ ހަވަނަ ރައީސަކަށް އެމަނިކުފާނު ހޮވިފައިވުމީ، ދިވެހިރާއްޖެ ތަމްސީލުކުރުމާއި ގާތަށް އެޅުނު ފިޔަވަޅެއް ކަމަށް ގަބޫލުުކުރައްވާ ކަމަށެވެ. އަދި އިތުބާރުކުރައްވާ ރާއްޖެ ތަމްސީލުކުރުމަށް އެމަގާމަށް އެމަނިކުފާނުގެ ނަން ފޮނުވިކަމަށްޓަކައި ރައީސް ސޯލިހްއަށް ޝުކުރު ދަންނަވާކަމަށް މިނިސްޓަރު ޝާހިދު  ވިދާޅުވިއެވެ. 

މީގެ އިތުރުން އާއްމު މަޖިލީހުގެ އާ ރައީސް ކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނީ ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށް ދުނިޔެ ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް ކަމަށް މިިނިސްޓަރު ޝާހިދު ވިދާޅުވި އެވެ. 

މިއީ ރާއްޖޭޭގެ މުޅި ތާރީހުގައިވެސް އދ.ގެ އާއްމު މަޖިލީހުގެ ރައީސް ކަމުގެ ގޮނޑި ރާއްޖެއަށް ލިބުނު ފުރަތަމަ ފަހަރެވެ. މިނިސްޓަރު ޝާހިދު މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ، އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަ ކުރައްވާ، 193 މެމްބަރު ގައުމުގެ ތެރެއިން 143 ގައުމުގެ ވޯޓާއިއެކު އެވެ. ރަސޫލްއަށް ލިބިވަޑައިގަތީ 48 ގައުމުގެ ވޯޓެވެ. 

އދ.ގެ އާއްމު މަޖިލީހުގެ ރައީސަކަށް ލިބިދޭ ބާރުތަކުގެ ތެރޭގަައި، ޖަލްސާތަކުގެ ރިޔާސަތު ބަލެހެއްޓެވުމާއި، ބަހުސްތަކުގެ ވަގުތު ކަނޑައެޅުން، އަދި މައްސަލަތަކުގެ އެޖެންޑާ ކަނޑައެޅުމުގެ އިތުރުން ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރުވެސް ލިބޭނެއެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހު ފެށޭ އދ.ގެ އާއްމު މަޖިލީހުގެ އާ ދައުރާއިއެކު، އެ މަޖިލީހުގެ ރައީސެއްގެ ހައިސިއްޔަތުން މިނިސްޓަރުގެ ދައުރު ފެށޭނެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް