ads
މާދިހު
ކުޅިވަރު އާއިލާގެ އެންމެންގެ އެކުވެރި މާދިހު ނިޔާވެއްޖެ
ދިވެހި ކުޅިވަރު އާއިލާގެ އެންމެން އެކުވެރި، އަދި ކުޅިވަރުގެ ހިދުމަތްތެރިޔާ މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާދިހު ނިޔާވީ ރޭގެ ވަގުތެއްގައި ހާޓްއެޓޭކެއް ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އުމުރުން 51 އަހަރުގެ މާދިހުގެ ޖަނާޒާ މިއަދު ހެނދުނުވަނީ އާ ސަހަރާގައި ބާއްވާފައެވެ.

ކުޅިވަރަށް އެތައް ހިދުމަތެއްކޮށްދެއްވާފައިވާ މާދިހުއަކީ ޣިޔާސުއްދީން ސްކޫލުގެ ސްޕޯޓްސް ސުޕަވައިޒަރެވެ. އޭނާވަނީ އެކި ކުޅިވަރުތަކުން، ކްލަބް ލެވެލްގައި އަދި ގައުމީ ލެވެލްގައި އެތައް މަސައްކަތެއް ހިންގުމުގެ ދާއިރާއިންނާއި ކޯޗިންގެ ދާއިރާއިންވެސް ކޮށްދެއްވާފައެވެ. އަދި އޭނާއަކީ އެތްލީޓެއްގެ އިތުރުން މެޑިކެއްވެސް މެއެވެ.

މާދިހުގެ ހިދުމަތާ ގުޅިފައިވާ ކުޅިވަރުތަކުގެ ތެރޭގައި ސްވިމިން، ކްރިކެޓް، ފުޓްބޯޅަ، ބާސްކެޓް އަދި އެތުލެޓިކްސް ހިމެނެއެވެ. އޭނާވަނީ ބައިނަލްއަގްވާމީ އެކި މުބާރާތްކުގައިވެސް ދިވެހި ޓީމުތަކުގައި އޮފިޝަލެއްގެ ގޮތުން އެތައް މަސައްކަތެއް ކުރައްވާފައެވެ.

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް