ads
ސިޔާމް އަދި ހިސާން
ހިސާން ދަންޖައްސަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވި މައްސަލަ ފުލުހަށް
ރައްޔިތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން "ދަންޖައްސަންޖެހޭ" ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވި މައްސަލަ ފުލުހުންގެެ އިދާރާއަށާއި ޑިފެންސް މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ، ހިސާން ދަންޖައްސަން ޖެހޭކަމަށް ސިޔާމް ވިދާޅުވީ މައްސަލަ ހިސާން މަޖިލީހުގެ ރިޔާސަތުގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

އެގޮތުން އަފީފް ފާހަގަކުރެއްވީ ރައްޔިތުން މަޖިލީހުގެ މެމްބަރުން ތިއްބެވި ތަނެއްގައި، ހިސާން އަކީ ދަންޖައްސަން ޖެހޭ ބޭފުޅެއްކަމަށާއި، އަދި ހިސާން ދަންޖައްސާ މަރާލިޔަސް ފާފަވެރި ނުވާނެކަމަށް ވިދާޅުވެ މީދޫ ދާއިރާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވާހަކަދައްކާފައިވާކަން ހިސާން މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެންނަވާފައިވާކަމެވެ. އެކަން ހިިނގާފައިވަނީ ޖޫން 6 ވަނަ ދުވަހު 241 ކޮމިޓީގެ ބައްދަލުވުން ނިމުނު ވަގުތު ސިޔާމް ވަރަށް ހުތުރުކޮށް އަޑުގަދަކޮށް ހިސާނަށް މުހާތަބު ކޮށް ވާހަކަ ދެއްކުމަށްފަހު ކަމަށް އަފީފް ވިދާޅުވިއެއެވެ. 

އަދި މިއީ ރައްޔިތުންގެ މަޖިލީހުުގެ އެއްވެސް މެމްބަރެއްގެ ކިބައިން ފެނިގެންވާނެ ކަމެއް ނޫންކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަށެވެ. އެހެންކަމުން މި މައްސަލަ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހަޅާކަމަށެވެ. އަދި މި މައްސަލަ އިތުރަށް ބެލުމަށް ފުލުހުންނަށާއި ޑިފެންސް މިނިސްޓްރީއަށްވެސް ހުށަހަޅާފައިވާކަމަށް އަފީފް ވިދާޅުވިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް