ads
ރައީސް ސޯލިހް____
ރައީސް ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ރައީސް ނޫސްވެރިންނާ ބައްދަލުކުރަން ނިންމާފައިވަނީ ކޮވިޑް-19 އާއި ދެކޮޅަށް އަޅާފައިވާ އެންމެ ފަހުގެ ފިޔަވަޅުތަކާއި ކޮވިޑް-19 އާއި ގުޅިގެން ސިޔާސަތުތަކަށް ގެނެވުނު ބަދަލު ތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށެވެ. 

ރައީސް ސޯލިހް ނޫސްވެރިންނާ ބައްދަލު ކުރައްވާނީ މިއަދު ހަވީރު 16:30 ގައެވެ.

ރައީސް މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވަން ނިންމާފައިވާއިރު އެންމެ ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކޮށްފައިވަނީ މީގެ 14 ދުވަސް ކުރިން މޭ މަހުގެ 25 ވަނަ ދުވަހު އެވެ.

އެދުވަހު ރައީސް ސޯލިހް ވަނީ "އެޕްރީލްމަހު ކުރީކޮޅު ދެވުނު ލުއިތަކަކީ އެންމެ ރަނގަޅަށް ކުރެވެނު ކަމެެއް ނޫން، އެހެންނަމަވެސް އެ ޒިންމާ ވަކިބަައެއްގެ ބޮލުގައި އަޅުވާކަށް ނެތިން" ކަމަށް ވިދާޅުވެފައެވެ.

ނިމިދިޔަ މޭ މަހަކީ ރާއްޖެއިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް އެންމެ ގިނަ މީހުން ބަލީގައި މަރުވި މަހެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް