ads
ރައީސް މުހައްމަދު ނަޝީދު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް ނަޝީދުގެ ތުހުމަތުތަކަށް ރައީސް ސޯލިހް ރައްދުދެއްވައިފި
ވަކިވަކި ސިފައިން އިންކުއެރީއަށް ހާޒިރުވިޔަނުދޭން އަދި 241 ކޮމެޓީގެ އިންކުއަރީއަށް ހުރަސް ނާޅުއްވާނެކަން ރައީސް ނަޝީދަށް އެގިވަޑައިގަންނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެެވެ.

ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވުމަށް ހުރަސް އަޅުއްވަނީ ރައީސް ސޯލިހް ކަމަށް ރައީސް ނަޝީދު ކުރައްވާފައިވާ ތުހުމަތު ތަކާއިގުޅިގެން މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު އެހެން ވިދާޅުވެފައިވީނަމަވެސް އެކަން އެގޮތަށް ނުކުރައްވާނެކަން ހުދު ރައީސް ނަޝީދަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

" ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު އެޔަށް ހުރަސް ނާޅާނެކަން އެމަނިކުފާނު އެހެން ވިދާޅުވެފަ ވީނަމަވެސް" ރައީސް ސޯލިހް ވިދާޅުވިއެވެ.

ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ނިންމި ނަމަވެސް ޑިފެންސް މިނިސްޓްރީން އެކަމަށް ދެކޮޅު ހަދައި ކޮމިޓީ އަށް ޖަވާބުދާރީ ވާނީ މުއައްސަސާ އިން ކަމަށް ބަޔާންކޮށް މަޖިލީހަށް ފޮނުވި ސިޓީގައި ސޮއިކޮށްފައިވާ ޑިފެންސްގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ދައުވާކޮށްދިނުމަށް ރައީސް ނަޝީދު ޕީޖީގައި އެދިފައިވެއެވެ. އަދި އެއަށްފަހު މަޖިލީހުގެ އިޖްތިމާއީ ކޮމެޓީއަށްވެސް އެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅިއެވެ. އެހެންނަމަވެސް އެކަން ބަލަން އެންމެ ރަނގަޅު ކޮމެޓީއަކީ 241ކޮމެޓީކަމަށް ނިންމައި، އެމްޑީޕީގެ މެމްބަރުންވެސް ހިމެނޭ ގޮތަށް އެކޮމެޓީން އެމައްސަލަ ވަނީ ބޭރުކޮށްލާފައެވެ. 

އެކަމާއި ގުޅިގެން ހަސަން ލަތީފު މެދުވެރުކޮށް ރައީސް ނަޝީދު އެމްޑީޕީގެ ގައުމީ މަޖިލީހަށް ފޮނުވި މެސެޖެއްގައި ވަނީ  ރައީސް ސޯލިހް ލޮބީ ކުރައްވައިގެން އެމްއެންޑީއެފްގެ ވަކިވަކި ސިފައިން 241 ކޮމެޓީއަށް ހާޒިރުވިޔަ ނުދޭން މަސައްކަތް ކުރައްވާ ސަބަބަބެއް އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށް ވިދާޅުވެފައެެވެ. އަދި ރައީސް ނަޝީދު ވަނީ ސިއްރުކުރައްވަން ތިޔަ އުޅުއްވަނީ ކޮން އެއްޗެއްތޯވެސް އައްސަވާފައެެވެ. 

46%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
23%
ވަރަށް ސަލާމް
ކޮމެންޓްސް