ads
ޕާލް ވި ޕޫރީ——
5 އަހަރުގެ ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ޕާލް ހައްޔަރުކޮށްފި
ހިންދީ ޑްރާމާތަކުން މަޝްހޫރުކަން ހޯދި ޕާލް ވި ޕޫރީ ހައްުޔަރުކޮށްފައިވަނީ މިމަހުގެ ހަތަރުވަނަ ދުވަހުއެވެ.

އިންޑިއާގެ ނިއުސްތަކުން ރިޕޯޓުކުރާ ގޮތުން ފަސް އަހަރުގެ ކުޑަކުއްޖާ ރޭޕްކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާގެ ބަންދަށް މިހާރުވަނީ ދެ ހަފްތާ ޖަހާފައެވެ.  

ރިޕޯޓުތައް ބުނާގޮތުން އެ މައްސަލައަކީ 2019ވަނަ އަހަރު ކުއްޖާގެ ބައްޕަގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. އޭރު އެކަމުގައި އެެއްވެސް މީހަކު ހައްުޔަރުކޮށްފައި ނުވަނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ދެނެގަނެވިފައި ނުވާތީ ކަމަށް ވެއެވެ. 

ޕާލްގެ މައްޗަށް 12 އަހަރުން ދަށުގެ ކުޑަކުއްޖަކު ރޭޕް ކުރިކަމުގެ ތުހުމަތާއި، ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތާއި، ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރުމުގެ ތުހުމަތުގެ އިތުރުން ޖިންސީ ގޯނާގެ އަމަލެއް ހިންގަންއުޅެ ކޭސް ރިޕޯޓު ނުކުރުމުގެ ތުހުމަތާއި، ޖިންސީ ގޯނާގެ އަމަލެއް ކޮށް އެކަން ފޮރުވުމުގެ ތުހުމަތުވެސް ކުރެއެެވެ.

ޕާލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އޭނާއާއިއެކު ޓީވީ ސީރީޒް ތަކުގައި މަސަައްކަތްކޮށްފައިވާ ގިނަ އަދަދެއްގެ ތަރިންދަނީ އޭނާ އެފަަދަ ކަމެެއް ނުކުރާނެ ކަމަށާއި، އެއީ އޭނާގެ ކެރިއަރު ހަލާކުކޮށްލުމަަށް ކޮށްގެން އުޅޭކަމަށް ބުނެ އޭނާގެ ދިފާއުގައި ވާހަކަދައްކަމުންނެވެ. 

ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި ފަސް އަހަރުގެ ކުއްޖާގެ ބައްޕަ ތުހުމަތުތައް އަޅުވާފަައިވަނީ ބޭޕަނާގެ ސީރީޒްގެ ސެޓު ތެރެއިން ކުއްޖާއަށް ޖިންސީ ގޯނާ ޕޫރީ ކުރިކަަމަށް ބުނެއެވެ. މިހާރު ހަތް އަހަރު ފުރިފައިވާ އެ ކުޑަކުއްޖާގެ މަންމަ އަކީވެސް އެކްޓްރެސް އެކެވެ.

14%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
43%
ސަތޭކައަކުން ސުމެއް
43%
ވަރަށް ސަލާމް
ކޮމެންޓްސް