ads
ކްލޮއީ އާއްމުކުރި ފޮޓޯ
އޭލިއަންއަކާއި ވައްތަރޭ ކިޔާތީ ކްލޮއީ ރުޅިގަދަވެއްޖެ
"ކީޕިން އަޕް ވިތް ދަ ކާޑޭޝަންސް"އަށް އިން މަޝްހޫރުކަން ހޯދި ކާޑޭޝަންސް އާއިލާ އާއްމުންގެ މެދުގައި ބޮޑަށް މަގުބޫލީ ޕްލާސްޓިކް ސާޖަރީގެ ފެމެލީގެ ގޮތުގައެވެ.

ކިމްއިން ފެށިގެން ކޯޓްނީއާއި، ކައިލީވެސް ގިނަ ސާޖަރީތަކެއް ހަދާފައިވާކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެންނަމަވެސް ކީޕް އަޕް ވިތް ދަ ކަޑޭޝަންސްގެ ފޭނަކަށްނަމަ ކްލޮއީ ކާޑޭޝަން އަދި ކެންޑަލް  ފާހަގަކުރެވޭނީ ޕްލާސްޓިކް ސާޖަރީއާއި އަދި މޭކަޕާއި އެންމެ ދުރުގައި އުޅޭ ދެމީހުންގެ ގޮތުގައެވެ.

ހާއްސަކޮށް ނެޗްރަލް ލުކްސްއަށް ލޯބިކުރާ މިދެމީހުން އަބަދުވެސް މަގުބޫލީ ޓޮމް ބޯއީގެ ގޮތަށެވެ. ކެންޑަލްއަކީ މިހާރު އެންމެ މަޝްހޫރް އެންމެ އަގުބޮޑު މޮޑެލް ނަމަވެސް މަސައްކަތުން ބޭރުގައި އޭނާ އަދިވެސް ފެންނަނީ ނެޗްރަލް ލުކްސްއަށް ލޯބިކުރާތަނެވެ. 

އެހެންނަމަވެސް ކްލޮއީ މިހާރު ފެންނަނީ ނެޗްރަލްއަށް ވުރެ ބޮޑަށް މޭކަޕާއި ޕްލާސްޓިކް ސާޖަރީތައް ހަދާފައިވާ މީހެއްގެ ގޮތުގައެވެ. އެހެންނަމަވެސް ކްލޮއީ އެކަމާ އެއްބަހެއް ނުވެއެވެ. ކްލޮއީ ބުނަނީ އޭނާ އެއްވެސް ސާޖަރީއެއް ނަހަދާ ކަަމަށެވެ. އޭނާ ކުރިއާ އަޅާބަލާއިރު ތުންފަތުގެ ޝޭޕަށާއި، ހަށިގަނޑުގެ ޝޭޕަށް އައިސްފައިވާ ބޮޑެތި ބަދަލުތަކުން ގިނަ ބަޔަކު ދަނީ އޭނާ މިހާރު ވައްތަރީ އޭލިއަން އަކާއި ކަމަށް ވެސް ބުނަމުންނެވެ. 

އެންމެ ފަހުން އާއްމުކުރި ފޮޓޯއަކަށް ކޮމެންޓުކުރި ގިނަ ބަޔަކު ބުނެފައިވަނީ އޭނާ ވައްތަރީ ހަމަ އޭލިއަން އަކާއި ކަމަށެވެ. އަދި ކްލޮއީގެ ރީތިކަން ގެއްލެމުންދާ ކަމަށާއި ސާޖަރީ ހެދުން ހުއްޓާލުމަށް ގިނަ ފޭނުންވެސް ދަނީ އެދެމުންނެވެ.

މި އަޑުތައް ގަދަވެ ކްލޮއީ ވަނީ އެ ފާޑުކިޔުންތަކަށް ރައްދުވެސް ދީފައެވެ. ކްލޮއީ ބުނީ އޭނާ އެއްވެސް ސާޖަރީއެއް ނަހަދާ ކަމަށާއި، އެކަކު އަނެކަކު ހުންނަ ގޮތަށް ފާޑުކިޔާ އެޓޭކް ކުރުން ހުއްޓާލުން ރަނގަޅުވާނެ ކަމަށެވެ. 

އަދި އޭނާ އޭލިއަން އަކާއި ވައްތަރުވިޔަސް އެހެންމީހަކު އެކަމާއި ހާސްވާކަށް ނުޖެހޭނެ ކަމަށާއި ނަފްރަތު ފެތުރުމަށް ކިތަންމެ މަސައްކަތެއް ކުރިޔަސް އެކައްޗެކޭވެސް ހިތަށް ނާރާ ކަމަށް ކްލޮއީ ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް