ads
އޮލިމްޕިކްސް އާއި ދެކޮޅަށް ބައެއް އާއްމުން ހިޔާލު ފާޅުކުރަނީ --- ފޮޓޯ: ސްކައި ނިއުސް
އޮލިމްޕިކްސް ގައި ބައިވެރިވާ ރެފިއުޖީ ޓީމްގައި 29 ބައިވެރިން
ޖަޕާން ގައި މިއަހަރު ބާއްވަން ނިންމާފައިވާ އޮލިމްޕިކްސް މުބާރާތުގައި ބައިވެރިވާ ރެފިއުޖީ ޓީމްގައި 29 ބައިވެރިން ބައިވެރިވާނެ ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމެޓީ (އޯއައިސީ)ން ބުނެފިއެވެ.

މި ބައިވެރިންނަކީ އޮލިމްޕިކްސް ގެ ހާއްސަ ސްކޮލާޝިޕުގެ ދަށުން 15 ގައުމެއްގެ 55 ބައިވެރިންގެ ތެރެއިން ހޮޮވުނު އެތުލީޓުން ކަމަށް އެ ކޮމެޓީ އިން މައުލޫމާތުދެއެވެ. މި އެތުލީޓުން ބައިވެރިވާނީ އެތުލެޓިކްސް، ބެޑްމިންޓަން، ބޮކްސިން، ކެނޯއިން، ސައިކްލިން، ޖޫޑޯ، ކަރާޓީ، ޓައެކްވޮންޑޯ، ޝޫޓިން، ސްވިމިން، ވެއިޓް ލިފްޓިން، އަދި ރެސްލިން ގައިއެވެ. 

އެންމެ ފުރަތަމަ ރެފިއުޖީން ބައިވެރިވީ 2016 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުގައިއެވެ. އެ ފަހަރު ބައިވެރިވީ 10 އެތުލީޓުންނެވެ. 

މި ފަހަރު އެ މުބާރާތުގައި ބައިވެރިވި އެތުލީޓުން ގެ ތެރެއިން 6 އެތުލީޓުން ބައިވެރިވެއެވެ. އެއީ ފެތުންތެރިޔާ ޔުސްރާ މާދިނީ، ޖުޑޮކާ ޕޮޕޯލޭ، އެތްލެޓިކްސްގެ އެންޖެލީނާ ނަޑާއި، ޖޭމްސް ޔަންގް، ޕައޮލޯ އަމޯޓަން، އަދި ރޯސް ނާޓިކޭ އެވެ. 

އިންޓަނޭޝަނަލް އޮލިމްޕިކްސް ކޮމެޓީ (އޯއައިސީ) ރައިސް ތޯމަސް ބަޗް ވިދާޅުވީ މިކަމުގައި އެއްވެސް ބަޔަކު އެކަހެރި ނުވާނެކަން މިކަމުން ވެސް އިނގޭ ކަމަށާއި ހުރިހާ އެތުލީޓުންނަކީވެސް މުހިންމު ބަޔެއްކަމަށެވެ. 

ރެފިއުޖީ އެތުލީޓުން އެންމެ ފުރަތަމަ ދާނީ ޖުލައި 12-13 ގައި ގަތަރު ގެ ވެރި ރަށް ދޯހާއަށެވެ. އެޔަށްފަހު ހުރިހާ އެތުލީޓުން ދާނީ ޖަޕާން ގެ ވެރިރަށް ޓޯކިޔޯއަށެވެ. 

ރެފިއުޖީ ޓީމް ގެ ޗެޑް ދި މިޝަން ގެ މަގާމު އަދާކުރާނީ ކުރިންވެސް އެ މަގާމު އަދާކުރި ކެންޔާގެ މެރަތަން ރެކޯޑް ހޯލްޑަރ ޓެގްލާ ލަޕޯރޭ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް