ads
އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް ވާދަކުރައްވާ ދެ ބޭފުޅުން
އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު މިއަދު
އޮލިމްޕިކް ކޮމިޓީގެ އިންތިޚާބު މިއަދު އޮންނާނެއެވެ. މިއަދު އޮންނަ އިންތިޚާބުގައި، އޮލިމްޕިކް ކޮމިޓީގެ ރައީސްކަމަށް މިހާރު އެ މަގާމުގައި ހުންނެވި މުހައްމަދު ޝަވީދު ވާދަނުކުރައްވާނެ ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އޮންނަ، އޮލިމްޕިކް ކޮމިޓީގެ އިންތިޚާބުގައި ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނީ ބެޑްމިންޓަން އެސޯސިއޭޝަންގެ މޫސާ ނާޝިދު އަދި ސްވިމިންގ އެސޯސިއޭޝަންގެ މުހައްމަދު ޢަބްދުއްސައްތާރުއެވެ. ދެ ބޭފުޅުންނަކީވެސް އެ ދެ ބޭފުޅުން ތަމްސީލް ކުރައްވާ ކުޅިވަރު އެސޯސިއޭޝަނުގެ ރައީސުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ ރައީސް ކަމަށްވެސް ވާދަކުރައްވާ މޫސަގެ އިތުރުން ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު އިސްމާއިލް، އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ތޮލާލް އަދި ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް