ads
އެމްއެންޑީއެފް އިން އުޅަނދުތައް ޗެކް ކުރަމުން ދަނީ-- ފޮޓޯ: އެމްއެންޑީއެފް
ހުވަދު އަތޮޅުގައި ކަނޑު އުޅަނދު ޗެކް ކުރުމުގެ ޕްރޮގްރާމެއް ފަށައިފި
ހުވަދު އަތޮޅުގައި ކަނޑުއުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފަށައިފިއެވެ.
ހުވަދު އަތޮޅުގައި ކަނޑު އުޅަނދު ފަހަރުގެ ސަލާމަތީ ކަންކަން ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ފަށައިފި އެވެ.

އެ ޕްރޮގްރާމްގައި އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލަމުން ގެންދާނެ އެވެ.

އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބެލުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

އެ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް