ads
ފޮޓޯ--ކޮވިޑް އަތޮޅުތެރޭގައި
މޮނިޓަރިންގެ ހާލަތުގައި 70 ރަށް
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވަމުން އައި ނަމަވެސް އަދިވެސް މީހުން ދިރިއުޅޭ ގިނަ ރަށް ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެގޮތުން މިވަގުތު ވެސް 70 ރަށް މޮނިޓަރިންގެ ހާލަތުގައި އޮތް ކަމަށް އެޗްޕީއޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

 ރާއްޖޭގައި މީހުން ދިރިއުޅޭ 185 ރަށުގެތެރެއިން މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު މޮނިޓަރިންއަށް ލާފައި އޮތީ ޅ. ނައިފަރެވެ. ނައިފަރު މޮނިޓަރިންއަށް ލާފައިވަނީ މާޗް މަހުގެ 23 ވަނަ ދުވަހުއެވެ.

އޭޕްރީލް މަހު މޮނީޓަރިން ގެ ހާލަތަށް ގެނެވިފައި ވަނީ 10 ރަށެކެވެ. އެއީ އދ. މާމިގިލި، ބ. އޭދަފުށި، ކ. ހިންމަފުށި، ކ. މާފުށި، ލ. މާންދޫ، ލ. ގަން، ލ. ފޮނަދޫ، ގދ. ތިނަދޫ، އއ. އުކުޅަސް، އަދި އއ. ރަސްދޫ އެވެ.

މޮނިޓަރިންގެ ހާލަތުގައިވާ ރަށްތަކުގެ ތެރެއިން 52 ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ.

 އެއީ އައްޑޫ ސިޓީގެ ހުރިހާރަށެއްގެ އިތުރުން ފ. ފީއަލި، ފ. ނިލަންދޫ، ލ. އިސްދޫ، ލ. މާވަށް، ފުވައްމުލައް ސިޓީ، ށ. ޅައިމަގު، ރ. ހުޅުދުއްފާރު، ގދ. ގައްދޫ، ބ. ތުޅާދޫ، ވ. ފުލިދޫ، އއ. ފެރިދޫ، ، ށ. ކަނޑިތީމު، ށ. ގޮއިދޫ،  ގއ. ދާންދޫ، ޅ. ހިންނަވަރު، ގއ. ގެމަނަފުށި، ދ.ބަޑިދޫ، ނ.ކެދިކުޅަދޫ، ތ.ގުރައިދޫ، ވ.ކެޔޮދޫ، ތ.ތިމަރަފުށި، ގއ.ވިލިންގިލި، ލ. ކަލައިދޫ، އއ.ބޮޑުފުޅަދޫ، ނ.މާޅެންދޫ، ކ.ދިށްފުށި، ދ.ވާދޫ، ލ.މާމެންދޫ، ގދ.ވާދޫ، ކ.ގާފަރު، ލ.ލަންދޫ، ފ.ބިލައިދޫ، ޅ.އޮޅުވެލިފުށި، ށ.މިލަންދޫ، މ.މުލި، ތ.ހިރިލަންދޫ، ތ.ކިނބިދޫ، މ.މުލަށް، ލ.ހިތަދޫ، ތ.ބުރުނި، ހދ،ނޭކުރަންދޫ، ރ.އަލިފުށި، އަދި އޮމަދޫ، އއ.ތޮއްޑޫ، ރ.ދުވާފަރު، މ.ވޭވަށް އަދި ކ.ހުރާ،، ނ.ވެލިދޫ، ބ.ކެންދޫ، ގދ.ފަރެސްމާތޮޑާ އަދި ރ. އުނގޫފާރެވެ.  

މި ހިނގާ ޖޫން މަހު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ޅ.ކުރެންދޫ، ރ. މީދޫ، ހދ. މަކުނުދޫ، ރ. ފައިނު، އދ. ދަނގެތި ، ހދ. ހަނިމާދޫގެ އިތުރުން ކުޅުދުއްފުށި ސިޓީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް