ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް
މާސްކް ނާޅާ އުޅުނު 253 މީހަކު ޖޫރިމަނާކޮށްފި
Share
މާސްކް ނާޅައި އުޅުނު 253 މީހަކާއި ކާފިއުގަޑީގައި ކާފިއުއާ ހިލާފަށް ބޭރުގައި އުޅުނު 615 މީހަކު ޖޫރިމަނާކޮށްފި އެވެ.
Advertisement

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، "ޕޮލިސްގެ އެންފޯސްމެންޓް އަދަދުތަކަށް ބަލައިލާއިރު، މާސްކް ނާޅާ އުޅެގެން 253 ފަރާތެއް ޖޫރިމަނާ ކޮށްފައިވޭ. ކާފިއު ގަޑީގައި ކާފިއުއާ ހިލާފަށް ބޭރުގައި އުޅެގެން 615 މީހަކު ޖޫރިމަނާކޮށްފައިވޭ. އަދި  އެވަގުތުތަކުގެ ތެރޭގައި ވެހިކަލް ދުއްވުމުގެ ސަބަބުން 150 މީހުން  ޖޫރިމަނާކޮށްފައިވޭ" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެއް ފިހާރަ، ނަސޭހަތްތެރިވެ ރީއިވެލުއޭޓް ކުރެވޭނެކަން ވަނީ އެންގިފަކަމަށާއި، އަދި ޖުމުލަ 81 ވިޔަފާރިއެއް އިންސްޕެކްޓް ކުރިއިރު، ގަވައިދާ އެއްގޮތަށް 81 ވިޔަފާރިއެއް ކުރިއަށް ގެންދާތީ އެގޮތަށް ކުރިއަށް ދިއުމުގެ ހުއްދަ ދީފައިވާނެ ކަމަށެވެ.  

ރާއްޖޭގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އަދި ދުވަހެއް ދުވަހަކަށް ކޮވިޑްގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު މާލޭގެ ކާފިއުގެ ވަގުތުވެސް އިއްޔެ ވަނީ އިތުރު އެއް ހަފުތާއަށް އިތުރު ކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް