ads
ވެކްސިން ޖެހުމުގައި ހަރަކާތްތެރިވަނީ
ބަހްރެއިންގައި ސިނޮފާމް ވެކްސިން ޖެހި މީހުންނަށް ފައިޒާ ވެކްސިން ދެނީ
ބަހްރެއިންގައި ސިނޮފާމް ވެކްސިން ޖެހި މީހުންނަށް ފައިޒާ ވެކްސިން ދޭން އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ވޮޝިންޓަން ޕޯސްޓުން ރިޕޯޓް ކުރާގޮތުގައި ސިނޮފާމް ވެކްސިން ޖަހައިގެން ކޮވިޑް-19 އިން އެންމެ ފުރިހަމަ ގޮތެއްގައި ރައްކާތެރި ނުކޮށްދޭ ކަމަށް ބުނެ ބަހްރެއިންގައި ފައިޒާ ވެކްސިން ޖަހަން ނިންމާފައިވަނީ ވަކި ބަޔަކަށެވެ.

އެގައުމުގައި ސިނޮފާމް ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންނަށް ފައިޒާ ވެކްސިން ބޫސްޓާއެއް ގޮތުގައި ދޭން ނިންމާފައި މިވަނީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ގައުމުތަކުގެ ތެރޭގައި ހިމެނުނު ނަމަވެސް ކޮވިޑް ނުރައްކާތެރި އިތުރު ރާޅަކާއި އެގައުމު ކުރިމަތިލާން ޖެހުމުންނެވެ.

އެގައުމުގެ ސަރުކާރުން ވަނީ ފައިޒާ ވެކްސިންއަށް އެދުމަށް އެޕްލިކޭޝަނެއް މެދުވެރިކޮށް އެދެވޭނެ ކަމަށް ބުނެފައެވެ. 

ސިނޮފާމް ވެކްސިން ފުރިހަމަކޮށްގެން ތިއްބަސް ފައިޒާ ވެކްސިން ޖަހަން ޖެހޭ ކެޓަގަރީގައި ހިމެނެނީ އުމުރުން 50 އަހަރުން މަތީ މީހުންނާއި، ދިފާއީ ނިޒާމް ބަލި ކަށި މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް