ads
ފުލުހުން
ޓީޗަރަކު ދަރިވަރަކާއިއެކު ޖިންސީގުޅުން ހިންގި މައްސަަލައެއް ފެންމަތިވެއްޖެ
އަތޮޅުތެރޭގެ ރަށެއްގައި ޓީޗަރަކު އޭނާގެ ދަރިވަރަކާއިއެކު ޖިންސީގުޅުން ހިންގި މައްސަަލައެއް ފެންމަތިވެއްޖެ އެވެ.

ސީއެންއެމްއަށް އެ ހާދިސާ ހިނގި ރަށުން ވަރަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި، ދަރިވަރަކާއިއެކު ޖިންސީ ގުޅުން ހިންގިކަން ފަޅާ އަރައިގެން އެކަން މިހާރު ދަނީ ފުލުހުން ބަލަމުންނެވެ. އެ އަމަލު ހިންގާފައިވަނީ އުމުރުން 25 އަހަރުގެ އަންހެން ޓިޗަރަކާއި އޭނާ ކިޔަވައިދޭ 16 އަހަރުގެ ފިރިހެން ކުއްޖަކާއި ދެމެދުއެވެ.  

އެކަމާއި ގުޅިގެން އެ ފަދަ ހާދިސާއެއް ހިނގާފައިވޭތޯ ސާފުކުރުމަށް އެ ރަށުގެ ކައުންސިލަށް ގުޅާލުމުން ވިދާޅުވީ، އެކަމަކީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައަކަށް ވުމާއިއެކު އެކަމުގެ އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ. އަދި އެކަން ދަނީ ޖެންޑާ މިނިސްޓްރީންނާއި، ފުލުހުން މިހާރު ތަހުގީގުކުރަމުން ކަމަށް ކައުންސިލުން ބުނެފައިވެއެވެ. .

އެކަމާއި ގުޅިގެން ފުލުހުންނަށް ގުޅާލުމުން ފުލުހުން ބުނީ އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތޯ ބަލަމުންދާ ކަމަށެވެ. 

އެ ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައެވެ. މިކަމުގައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކުވެސް ޝާމިލް ވާތީ އެ ކުއްޖާގެ ރަށް ހާމަކޮށްފައެއް ނުވާނެއެވެ. ކުޑަކުދިންނާއި ބެހޭ ގާނޫނުގައި ކުޑަކުދިންގެ ރައްކާތެރިކަަމަށް އެކުދިންގެ އަތޮޅާއި ރަށް އަދި ޒާތީ މައުލޫމާތުތައް ހާމަކުރުމަކީ ކުށަކަށް ވާތީ އެ މައުލޫމާތުތައް މި ލިޔުމުގައި ހިއްސާކޮށްފައި ނުވަނީއެވެ. 

15%
ކަމުގޮސްފި
58%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް