ޓީޗަރުގެ ފަރާތުން އިތުރު ކުދިންތަކަކަށްވެސް ޖިންސީ އަނިޔާ ލިބިފަވޭ: ފުލުހުން
Share
އަތޮޅުތެރޭގެ ރަށެއްގައި ޓީޗަރަކު އޭނާގެ ދަރިވަރަކާއިއެކު ޖިންސީގުޅުން ހިންގި މައްސަަލައެއް ފެންމަތިވެފައިވަނިކޮށް އެ ޓީޗަރުގެ ސަބަބުން އިތުރު ކުދިންތަކަކަށްވެސް ޖިންސީ ހާނީއްކަ ލިބިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
Advertisement

އުތުރުގެ ރަށެއްގެ ސްކޫލް ޓީޗަރަކާއި އޭނާގެ 16 އަހަރުގެ ދަރިވަރަކާ ދެމެދު ޖިންސީ ގުޅުން ހިންގާފައިވާ މައްސަލާގެ މައުލޫމާތު ސާފުކުރުމަށް ސީއެންއެމް އިން ގުޅާލުމުން ފުލުހުން ބުނީ، އިތުބާރުހުރި މަގާމެއްގައި ހުރެ 16 އަހަރުގެ ފިރިހެން ކުއްޖަކަށް 25 އަހަރުގެ އަންހެނަކު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އިއްޔެ ހުށަހަޅާފައިވާ ކަމަށެވެ. 

އަދި އޭނާގެ ސަބަބުން އިތުރު ކުދިންތަކެއްވެސް ޖިންސީ ހާނީއްކައަށް ހުށަހެޅިފައިވާ ކަމަށް ބެެލެވޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

"މިމައްސަލާގައި އިތުރު ކުދިންތަކެއް ވެސް، ތުހުމަތު ކުރެވޭ މީހާގެ ސަބަބުން ޖިންސީ ހާނީއްކައަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ދަނީ ޖެންޑާ މިނިސްްޓްރީންނާއި ފުލުހުން ތަހުގީގުކުރަމުން ކަމަށާއި އެހެންނަމަަވެސް އަދި މިހާތަނަށް އެކަމުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. 

ސީއެންއެމްއަށް އެ ހާދިސާ ހިނގި ރަށުން ވަރަށް އިތުބާރުހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާގޮތުގައި،  އެ އަމަލު ހިންގާފައިވަނީ އުމުރުން 25 އަހަރުގެ އަންހެން ޓިޗަރަކާއި އޭނާ ކިޔަވައިދޭ 16 އަހަރުގެ ފިރިހެން ކުއްޖަކާއި ދެމެދުއެވެ. 

އެ ހާދިސާ ހިނގާފައިވަނީ އުތުރުގެ ރަށެއްގައެވެ. މިކަމުގައި ސްކޫލްގައި ކިޔަވަމުންދާ ދަރިވަރަކުވެސް ޝާމިލް ވާތީ އެ ކުއްޖާގެ ރަށް ހާމަކޮށްފައެއް ނުވާނެއެވެ. ކުޑަކުދިންނާއި ބެހޭ ގާނޫނުގައި ކުޑަކުދިންގެ ރައްކާތެރިކަަމަށް އެކުދިންގެ އަތޮޅާއި ރަށް އަދި ޒާތީ މައުލޫމާތުތައް ހާމަކުރުމަކީ ކުށަކަށް ވާތީ އެ މައުލޫމާތުތައް މި ލިޔުމުގައި ހިއްސާކޮށްފައި ނުވަނީއެވެ.  

33%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް