ads
ެމެކްރޮން ކަންކަށި މަތީގައި ޖަހާ މަންޒަރު ފެންނަ ވިޑިއޯގެ މަްންޒަރެއް
ރައީސް މެކްރޮން ކަންކަށިމަތީގައި ޖެހި މީހާއަށް ޖަލު ހުކުމެއް
ފްރާންްސްގެ ރައީސް އެމެނުއެލް މެކްރޮން ކަންކަށިމަތީގައި ޖެހި މީހާއަށް ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

ރައީސް މެކްރޮން ކަންކަށި މަތީގައި ޖަހާފައިވަނީ ދެކުނު ހުޅަނގު ފްރާންސްގެ ޑްރޯމްގައި އެގައުމުގެ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

މިދިޔަ އަންގާރަ ދުވަހު ހިނގި މިހާދިސާއާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާއިރު، އެ ހާދިސާގެ މަންޒަރު ފެންނަ ވީޑިއޯތައް މިހާރު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ.

އެ ވީޑިއޯއިން ފެންނަނީ ރައީސް މެކްރޮން އެ ސަރަހައްދުގައި ތިބި މީހުންނާ ސަލާން ކުރައްވަމަުން ދަނިކޮށް ފެހި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހެއް ކުއްލިއަކަށް ރައީސް ކަންކަށި މަތީގައި ޖަހާ މަންޒަރެވެ. އެއާއެކު ރައީސްގެ ސެކިއުރިޓީންގެ ބަޔަކު ރައީސް އެސަރަހައްދުން ދުރަށް ގެންދާތަން ފެންނަ އިރު އަނެއް ބަޔަކު ރައީސް ގައިގަ ޖެހި މީހާ ހައްޔަރު ކުރުމުގައި އުޅޭ މަންޒަރު ފެނެއެވެ.

އެ މައްސަލައިގައި ހައްޔަރުކުރެވުނު އުމުރުން 28 އަހަރުގެ ޑެމިއަން ޓަރެލް އަށް ވަނީ ހަތަރު މަހުގެ ޖަލު ހުކުމެއް ކޮށްފައެވެ. އޭގެ އިތުރުން އެނާއަށް ދުވަހަކުވެސް ސަރުކާރު ވަޒީފާއެއް ނުލިބޭނެ ގޮތަށް ހަދައި ފަަސް އަހަރުވަންދެން އެއްވެސް ހަތިޔާރެއް ގެންގުޅުން މަނާކޮށްފައި ވެއެވެ.

ކޯޓުގައި އޭނާ ވަނީ އޭނާއަކީ ހަރުކަށި ގައުމީ ވަންތަ މީހެއް ކަމަށާއި އަދި އޭނާ އަކީ 2018 އާއި 2019 ގައިި މެކްރޮންްގެ ވެރިކަން ގުޑުވާލި ޔެލޯވެސްޓް އިކޮނޮމިކް ޕްރޮޓެސްޓް މޫވްމަންްޓްގެ މެމްބަރެއް ކަމުގައި ބުނެފައެވެ.

އޭނާ ވަނީ މެކްރޮން އަށް ދެވުނު ހަމަލާ އަކީ ކުރިން އެއްވެސް ވަރަކަށް ރޭވިފައިވާ ކަމެއް ނޫން ކަމަށް ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް