ads
ކިއަރާ ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް-
ރާއްޖެގެ ހަނދާންތަކާ ދުރަކަށް ކިއާރާއަކަށް ނުދެވުނު
ރާއްޖޭގައި އާ އަހަރު ފާހަގަކުރި ބޮލީވުޑު ތަރި ކިއާރާ އަދްވާނީ ރާއްޖެ މަތިން ވަރަށް ހަނދާންވާ ކަމަށް ބުނެފިއެވެ.

ކިއާރާ އެންމެ ފަހުން އިންސްޓަގްރާމްގައި ކުރި ޕޯސްޓު ހާއްސަކޮށްފައިވަނީ ރާއްޖެއަށެވެ. ރާއްޖޭގައި ނަގައިފައިވާ ވިޑިއޯއެއް ހިއްސާކޮށް ކިއާރާ ބުނީ އިރުގެ އަތްވާއި އިރުގެ އަވިން ޓޭން ވުން މަތިން ވަރަށް ހަނދާންވާ ކަމަށެވެ.

މި ފޮޓޯއަށް ބޮލީވުޑުގެ ގިނަ އަދަދެއްގެ ތަރިންނާއި ކިއަރާގެ ފޭނުން ވަނީ ކޮމެންޓުކޮށްފައެވެ.

ރާއްޖޭގައި ކޮވިޑް ހާލަތު ގޯސްވުމުގެ ކުރިން ބޮލީވުޑުގެ ގިނަ ތަރިންތަކެއް ވަނީ ރާއްޖޭގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.

your imageކިއަރާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯގެ ތެރެއިން

ކިއާރާ އަދްވާނީ އާއި ސިދާތް ރައްޓެހިވެގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނިކޮށް، ރާއްޖޭގައި ހޭދަކުރި ޗުއްޓީ ވެސް ހޭދަކޮށްފައިވަނީ އެކުއެކީގައެވެ. އެ ދެ މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ސޮނެވާފުށި ރިސޯޓުގައެވެ.

ފިލްމު "ކަބީރް ސިންގް"ގައި ޝާހިދު ކަޕޫރާއެކު ހަރަކާތްތެރިވެ، ބެލުންތެރިންގެ މެދުގައި ހޫނު ތަރުހީބެއް ހޯދާފައިވާ ކިއާރާ އެންމެ ފަހުން ހަރަކާތްތެރި ވެފައިވަނީ އަދިތުޔާ ސީލް އާއެކު "އިންދޫ ކީ ޖަވާނީ" ގައެވެ. މިދިޔަ އަހަރު މިފިލްމު ރިލީޒް ވެފައިވާއިރު ކިއާރާ ދެން އެންމެ އަވަހަށް ފެންނާނީ ސިދާތު އާއެކު "ޝޭރްޝާހް" އިންނެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި ކިއާރާ އާއި ސިދާތުގެ ލޯބީގެ ގޮތުން ގުޅިފައިވަނީ މިފިލްމުގެ ޝޫޓިންގ ތެރެއިންނެވެ. ނަމަވެސް އެކަން މި ދެތަރިން ވެސް އަދި ޔަގީން ކޮށްދީފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް