ads
ދިރާގު ޓީވީ
ދިރާގު ޓީވީ އަދި ދިރާގު ޕްލޭ އިން މިހާރު ޔޫރޯ 2020 ބަލައިލެވޭނެ
އެތަށް ދުވަހެއްގެ އިންތިޒާރަކަށް ފަހުގައި މިހާރު ފެށުމަކާ ހަމައަށް އައިސްފައިވާ ޔޫރޯ 2020، މިހާރު ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ފުޓްބޯޅަ ފޭނުން މި މުބާރާތަށް ތައްޔާރުވަމުން ދަނިކޮށެވެ. އެގޮތުން ދިރާގުން މިވަނީ ޔޫ.އީ.އެފް.އޭ ޔޫރޯ 2020ގެ ހުރިހާ މެޗެއްވެސް "ހައި ޑެފިނިޝަން (އެޗްޑީ)" ކޮލިޓީގައި ބެލޭނެގޮތް ފަހިކޮށްދީފައެވެ. 

ދިވެހިންނަކީ ޒަމާނުންސުރެންވެސް ކެފޭތަކާއި ހިސާބުގަނޑުތަކުގެ ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާ އާއިލާއާއެކު ފުޓްބޯޅަ ބަލަމުން ދިޔަ ބައެކެވެ. އެހެން ނަމަވެސް ކޮވިޑް 19ގެ ހާލަތާ ގުޅިގެން މިފަހަރު މިވަނީ ގޭގައި ރައްކާތެރިކަމާއެކު ޓީވީގެ ޒަރީއާއިން މެޗް ބަލަން ޖެހިފައެވެ. އެގޮތުން ދިރާގު ޓީވީ މެދުވެރިކޮށް، ރައްކާތެރިކަމާއެކު ގޭގައި މެޗް ބަލައިލުމުގެ އިތުރުން، މުނިފޫހިފިލުވުމުގެ އެތަށް ޗެނަލެއްވެސް ދިރާގު ޓީވީ މެދުވެރިކޮށް ބަލައިލެވޭނެ ގޮތް ދިރާގުން މިވަނީ ހަދާފައެވެ. 

މީގެ އިތުރުންވެސް، ދިރާގު މޮބައިލް ކަސްޓަމަރުން ގޭގައި ތިބޭ މި ދަނޑިވަޅުގައި ދިރާގުން އިތުރު އެހެން އޮފާތަކެއްވެސް ވަނީ ހުޅުވާލާފައެވެ. އެގޮތުން ދިރާގު ޕްރިޕެއިޑް ޕްލޭންތަކުން އިތުރު %50 ޑޭޓާ ޖޫން 2021ގެ ނިޔަލަށް ލިބޭނެ ކަމަށް ދިރާގުން ފާހަގަކުރެއެވެ. އަދި އަނެއް ކަމަކީ އަމިއްލަ ޕޯސްްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްގެން ޔޫރޯ ބެލޭނެކަމެވެ. 

ދިރާގު ޓީވީން އަބަދުވެސް ކަސްޓަމަރުންގެ މުނިފޫހި ފިލުވުމުގެ ބޭނުންތަކަށް ބަލައިގެން އެންމެ ފަހުގެ އަދި އެންމެ ކޮލިޓީ ކޮންޓެންޓްތައް ގެނެސްދިނުމުގައި ކެނޑިނޭޅި މަސައްކަތް ކުރެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް