ads
ފިޔަވަތި-- ވީނިއުސް
ކުޑަކުދިންނަށްވާ އިހުމާލުގެ މައްސަލަތައް އިތުރުވެއްޖެ
މި އަހަރުގެ އެޕްރިލް މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ޖެންޑަ މިނިސްޓްރީ އަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުޑަކުދިންނަށްވާ އިހުމާލުގެ މައްސަލަތައް ކަމަށް މިނިސްޓްރީ އޮ ޖެންޑަ، ފެމެލީ އެންޑް ސޯޝަލް ސާވިސް އިން ބުނެފިއެވެ.

ޖެންޑަ މިނިސްޓްރީން އާންމު ކުރި ރިޕޯޓްގައި ދައްކާ ގޮތުން އެޕްރީލް މަހު ތެރޭގައި 177 މައްސަލައަކަށް އެ މިނިސްޓްރީންވަނީ އެޓެންޑް ވެފަވެއެވެ. އެ ގޮތުން ކުޑަ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 73 މައްސަލައަކަށް އެޓެންޑް ވެފައިވާ އިރު އެންމެ ގިނައީ ކުޑަކުދިންނަށް އިހުމާލުވެގެން ރިޕޯޓް ކުރެވިފައިވާ މައްސަލަތަކެވެ. އެގޮތުން އިހުމާލު ވެގެން ހަމަ އެކަނި އޭޕްރިލް މަހުވެސް 25 މައްސަލަ ހުށަހެޅިފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.

ކުޑަކުދިންގެ އަހުލާގާ ގުޅޭ 17 މައްސަލައެއް ރިޕޯޓް ކުރެވިފައިވާއިރު ޖިންސީ ގޯނާ ކުރުމާއި ގުޅޭ 13 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފައިއެވެ. ދެން އެންމެ ގިނަ އަދަދަކަށް ރިޕޯޓް ކުރެވިފައިވަނީ ކުއްޖާއަށް ފެންނަ ގޮތަށް ގެވެށިއަނިޔާ ކުރުމުގެ މައްސަލައެވެ. އެ ބާވަތުގެ 11 މައްސަލައެއް ހުށަހެޅިފައިވާއިރު ނަފްސާނީ އަދި ޖިސްމާނީ ހާނިއްކައިގެ ޖުމްލަ 19 މައްސަލަ އެއް ރިޕޯޓް ކުރެވިފައިވެއެވެ. އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރަ ކުރުމުގެ ދެ މައްސަލައެއް އަދި އިންޓަނެޓް މެދުވެރިކޮށް ލިބިފައިވާ ގާނާ އާއި ފުރައްސާރައާއި ގުޅިގެން އެއްމައްސަލަ ހުށަހެޅިފައިވެއެވެ. 

މީގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އެކި ބާވަތުގެ އަނިޔާ އާ ބެހޭ ގޮތުން 37 މައްސަލައެއް ރިޕޯޓް ކުރެވިފައިވެއެވެ. ނަފްސާނީ ނުވަތަ އަނގަބަހުން ކުރާ އަނިޔާގެ 16 މައްސަލައެއް ރިޕޯޓް ކޮށްފައިވެއެވެ. މީގެ އިތުރުން  ޖިސްމާނީ އަނިޔާގެ 13 މައްސަލައެއް، ޖިންސީ އަނިޔާ ކުރުމުގެ ތިން މައްސަލައެއްް، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ ދެ މައްސަލައެއް، އިހުމާލުވުމެގެ މައްސަލައަކާއި ނަހަމަގޮތުގައި ބޭނުން ކުރުމުގެ މައްސަލާއެއްގެ އިތުރުން ބިރު ދެއްކުމުގެ އެއް މައްސަލަ ހިމެނެއެވެ. 

އާއިލީ ކަންކަމާ ބެހޭ ގޮތުން 13 މައްސަލައެއް ހުށަހެޅިފައިވާ އިރު މީގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ ކުދިން ބެލުމުގެ މައްސަލައެވެ. މީގެ ހަތް މައްސަލައެއް ހުށަހެޅިފައިވާ އިރު ކުދިންނާ ބައްދަލު ނުކުރެވުމުން ހުށަހެޅިފައިވާ ފަސް މައްސަލައެއްގެ އިތުރުން ހަރަދު ނުދިނުމުގެ މައްސަލައެއް ހުށަހެޅިފައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް