ވަކީލު މުހައްމަދު ނިޝާން އިބްރާހިމް
ދައުލަތުން ހުށަހަޅާފައިވާ ބިލުގައި މާ ބޮޑު ކަންބޮޑުވުމެއް ނެތް: ވަކީލް ނިޝާން
Share
ދައުލަތުން ހުށަހަޅާފައިވާ ބިލުގައި މާބޮޑު ކަންބޮޑުވުމެއް ނެތް ކަމުގައި މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.
Advertisement

ނިޝާން މިހެން ވިދާޅުވީ ރޭ ސީއެންއެމް އިން ގެނެސްދިން "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

އެގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލް، އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ނުވަތަ ސިފަކުރުމުގައި ބައިވެރިވުމަކީ ޖިނާއީ ކުށެއް ކަމުގައި ކަނޑައެޅޭ ގޮތަށް ހުށަހަޅާފައިވާ ބިލާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އެކަމާ ދެކޭގޮތް ނިޝާން ވަނީ ހާމަކުރައްވާފައެވެ. 

"އަޅުގަނޑު ގަބޫލުކުރަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައި އޮތް މި ބިލުގައި  އިސްލާމްދީނުގައި އެ ކަންބޮޑުވުންތައް އެ ފާހަގަކުރާ މިންވަރަކަށް، އަޅުގަނޑު ގަބޫލުކުރާ މިންވަރަށް، ކަންބޮޑުވުންތައް ވަކި ބަޔަކު ފާހަގަކުރި ކަމުގަވިޔަސް، އަޅުގަނޑު ގަބޫލުކުރާގޮތުގަ އެ މިންވަރަށް އަޅުގަނޑަށް  ފެންނާކަށް ނެތް. އެ ކަންބޮޑުވުންތަކެއް މި ގާނޫނުގައި އޮތްތަނެއް. މިހެން މި ދަންނަވަނީ ވަރަށް ސާފުކޮށް 124ވަނަ މާއްދާގެ ނަމުގަ ގެނެސް ހަތަރު ކަމެއް ޖުމުލަކޮށް ގާނޫނުގައި މަނާކޮށްފައިމިވަނީ. މި ހަތަރު ކަންތަކަށް ރިއާޔަތްކުރާއިރު، އެހާބޮޑު ކަންބޮޑުވުންތަކެއް މީގަ އޮތްކަން ދަލާލަތުކޮށްދޭ ސާފު އިބާރާތްތަކެއް މީގަނެތްކަން އަޅުގަނޑު ފާހަގަކުރަން."

ނިޝާން އިތުރަށް ފާހަގަކުރެއްވީ، ބަޔަކަށް ވިސްނިފައޮތްގޮތެއް އެހެން ގޮތަކަށް ވިސްނަދިނުމަށް އާންމު ރައްޔިތުންނަށް ވިސްނާދިނުމަށް ބަޔަކު މަސައްކަތްކޮށްގެން ނުބައި ތަސައްވުރެއް އުފެއްދުން އެއީ ގޯސް ވިސްނުމަކަށް ވެދާނެ ކަމަށާއި އަދި ބަޔަކު އައިސްގެން އުޅޭ ސަބަބެއްގެ ގޮތުގައިވެސް ވެދާނެކަމަށެވެ. 

60%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް