ads
ފޮޓޯ: ސޯޝަލް މީޑިއާ
ކުދިންނާ ފޮށުން ހުއްޓާލާނީ ކޮން އިރަކުން؟
"އޭ ހަދަ ރީއްޗޭ! ނަންބަރު ދީބަލަ! ކޮން ނަމެއްތަ ކިޔަނީ؟" މިއީ އާންމުކޮށް ގިނަ އަންހެން ކުދިންނަށް މަގުމަތިން ކޮންމެވެސް ނުދަން މީހެއްގެ ފަރާތުން ކޮންމެ ދުވަހަކުހެން ރައްދުވާ ބަސްތަކެވެ. މިއަށް ވުރެ ހުތުރުކޮށް "ފޮށޭ" މީހުންވެސް މަދެއް ނޫނެވެ.

އަންހެން ކުއްޖަކު ނުވަތަ އަންހެން ކުދިންތަކެއް މަގުމަތިން ދާތަން ފެނުމުން ފޮށި ނުލައި ބައެއް މީހުންނަށް ނުތިބެވެއެވެ. ކުއްޖަކާ ފޮށިލުމަކީ ވަރަށް މޮޅު ކަމެއް ކަމަށް ބައެއް މީހުންނަށް ހީވެފައި އޮންނަ ކަހަލައެވެ. ގިނަ ފިރިހެން ކުދިންތަކެއް އެކީ ތިއްބައި މަގުމަތިން އަޅައި އަންހެން ކުއްޖަކު ދާނަމަ ތުމުން ފުމުމާއި ކޮންމެވެސް އެއްޗެއް ބުނެލުމަކީ ބައެއް ފިރިހެނުންގެ ކަށީގައި ހިފާފައި ހުންނަ ކަމެކެވެ. މި ހުންނަނީ ޒަމާނުއްސުރެ ވެސް އާންމު ކަންތައްތަކެވެ.

ނަމަވެސް މީގެ ސަބަބުން އަންހެން ކުއްޖާއަށް ވާ އުނދަގޫ ނުވަތަ ކުރެވޭ އިހުސާސް އެމީހުންނަށް ނޭނގިދާނެއެވެ. އެފަދަ "ފޮށޭ" މީހުންގެ ސަަބަބުން ރޭގަނޑު އެކަނި މަގުމަތިން ދިއުމަށް އަންހެން ކުދިން ޖެހިލުންވެއެވެ. މީހަކު ފަހަތުން އަޅުވާލަފާނެތީ ކަންބޮޑުވެއެވެ. އެ މީހުންގެ އުނދަގޫ ކުރިމަތިވެދާނެތީ އަންހެން ކުދިންގެ މައިންބަފައިން އެކުދިން އެކަނި ފޮނުވަން ހިތްހަމައެއް ނުޖެހެއެވެ.

"އެކަނި ރޭވެފައި އޮއްވައި ދާކަށް މަންމަ ހިތްހަމައެއް ނުޖެހޭ." މިއީ ގިނަ އަންހެން ކުދިންނަށް އާ ބަސްކޮޅަކަށް ނުވާނެއެވެ. އެމީހުންގެ ދަރިންނަށް މަގުމަތިން ނުދަންނަ ފިރިހެން ކުދިންގެ ނަޒަރާއި ފޮށުމުގެ ބަސްތައް އަމާޒުވާކަށް އެއްވެސް މަންމައަކު ބައްޕައަކު ހިތްހަމައެއް ނުޖެހޭނެއެވެ.

ފޮށުނީމަ ފޮނިވާ ކުއްޖަކުވެސް ހުރެދާނެއެވެ. ފިރިހެން ކުދިން ފެނުނީމައ "ތުއިވާ" ކުދިންވެސް ތިބެދާނެއެވެ. ނަމަވެސް އަންހެން ކުދިން 'އަން ކޮމްފޯޓަބަލް' ވާ ބަސްތައް އެމީހުންނަށް މަގުމަތިން އަމާޒުކުރުމަކީ ބައެއް މީހުންގެ ގައިގައި ހުރި ވަރަށް ނުބައި އާދައެކެވެ.

ފޮށުމަކީ ކޫލް ކަމެއް ނޫނެވެ. މޮޅު ކަމެއް ކަމަށް ހީކޮށް ގަދަ ވެލުމަށް ކުރިޔަސް އެއީ މާކަ ރީތި އާދައެއްވެސް ނޫނެވެ. މީގެ ސަބަބުން އަންހެން ކުދިންގެ ހިތުގައި ބިރުވެރިކަން އުފެދެއެވެ. އޭގެ ސަބަބުން ތިމާގެ އަގުވެސް ވެއްޓެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް