ads
ޔޫރޯގެ ޑިފެންޑިންގ ޗެމްޕިއަން ޕޯޗުގަލްގެ ރޮނާލްޑޯ
ޔޫރޯ ފުޓްބޯޅަ މުބާރާތް މިރޭ ފަށަނީ
ޔޫރަޕުގެ ގައުމުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް މިރޭ ފަށާނެއެވެ. މިދިޔަ އަހަރުގެ ޖޫން މަހަށް ތާވަލު ކުރެވުނު މުބާރާތް، ކޮވިޑުގެ ބަލިމަޑުކަމާ ހެދި އަހަރަކަށް ފަސްވެގެންދިޔުމަށް ފަހު މިރޭ ފަށާނީ އިޓަލީއާ ތުރުކީގެ މެޗުންނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާގުގައި ވާދަކުރާނީ ޖުމްލަ ސައުވީސް ޓީމެވެ. ކޮވިޑުގެ ހިޔަނީގައި މުބާރާތް އަހަރަކަށް ފަސްވެފައިވާއިރު، މިރޭ މުބާރާތް ފެށިގެން ކުރިއަށްދާނީވެސް ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއްގެ ތެރެއިންނެވެ. މީގެ ތެރެއިން އެއްމެ ފާހަގަކޮށްލެވޭ އެއް ކަމަކީ، ޓީމެއްގެ ބޮޑު ބައެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ މެޗު ރީޝެޑިއުލް ކުރުމެވެ. މި އުސޫލު ހިނގާ ގޮތަކީ ޓީމެއްގައި މަދުވެގެން ތޭރަ ކުޅުންތެރިން ކުޅެވޭ ހާލަތުގައި ތިބި ނަމަ މެޗު ކުރިއަށް ގެންދިޔުމެވެ. އެހެން ހާލަތެއް ކޮވިޑާ ހެދި މެދުވެރިވެއްޖެ ނަމަ އެ މެޗެއް ރީޝެޑިއުލްކުރާނެއެވެ.

މި ފަހަރުގެ ޔޫރޯ ވެގެންދާނީ ވީޑިއޯ އެސިސްޓޭންޓް ރެފްރީ ނުވަތަ ވީއޭއާރު ބޭނުން ކުރާ ފުރަތަމަ ޔޫރޯ މުބާރާތަށެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ތިރީސް ހަތަރު މިލިއަން ޔޫރޯ ލިބޭނެއެވެ. މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޕޯޗުގަލްއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް