ads
ކުޑަކުދިންގެ ހިޔާ
200 އަށްވުރެ ގިނަ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި
ތަފާތު މައްސަލަތަކާ ގުޅިގެން 200 އަށްވުރެގިނަ ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކަމަށް ޖެންޑަ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީން ހާމަކުރި ތަފާތުހިސާބުން ދައްކާގޮތުގައި އެޕްރީލް މަހުގެ ނިޔަލަށް އެ މިިނިސްޓްރީގެ ބެލުމުގެދަށުގައި216 ކުދިން ތިބި އިރު އޭގެ ތެރެއިން ތިން ކުއްޖަކު ވަނީ އާއިލާއާ ހަވާލުކޮށްފަ އެވެ. 

އާއިލާއާ ހަވާލުކުރި ކުދިންގެ ތެރެއިން އެއް ކުއްޖަކު އަނެއްކާ ވެސް ދައުލަތުގެ ބެލުމުގެދަށަށް ގެނެސްފައިވާއިރު 18 އަހަރުގެ ވަޒީފާގެ ފުރުސަތާއި އެކު 1 ކުއްޖަކު ވަނީ މުޖްތަމައުގެ ތެރެއަށް ރުޖޫއަކޮށްފައިކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ގިނަ އަދަދެއްގެ ކުދިން ދައުލަތުގެ ބެލުމުގެދަށުގައި ތިބި އިރު ނުކުޅެދުންތެރިކަން ހުރި ނުވަތަ އުމުރުން ދުވަސްވީ މީހުންނަށް އެހީއަށް އެދި 22 މައްސަލައެއް ހުށަހަޅާފައިވާކަމަށް ވެސް ޖެންޑަ މިނިސްޓްރީން އެންމެ ފަހުން ހާމަކުރި  ތަފާސްހިސާބުތަކުން ދައްކަ އެވެ. އަމިއްލަ ނަފްސަށް ގެލުންދިނުމުގެ އަށް މައްސަލަ އެށް ޖެންޑަ މިނިސްޓްރީން އެޓެންޑް ވެފައިވާކަމަށް އެ މިނިސްޓްރީން ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް