ads
ޔޫރޯ ފަސްކޮށްފި
ޔޫރޯގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން އިނާމު ލިބޭ އެޕެއް
ޔޫރޯގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު ލިބޭ އެޕެއް ޓެކް އިވޯލްސަނުން ތައްޔާރުކޮށް މިއަދު ތައާރަފުކޮށްފި އެވެ.

ޓެކް އިވޯލްސަނުން ބުނިގޮތުގައި ޔޫރޯ މުބާރާތަށް ހާއްސަކޮށްގެން ތައްޔާރުކުރި އެޕުން ސްކޯ ދިމާކޮށްގެން ފައިސާގެ އިނާމު ހޯދުމުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއި އެކު އަމިއްލަ ލީގެއް ހަދާ ކުޅެވޭނެ އެވެ.

" މިއީ ކޮވިޑްގެ މި ނާޒުކު ހާލަތުގައި ގޭގައި ތިބެގެންވެސް ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށް ފުރުސަތު ހޯދައިދިނުމަށް އުފެއްދި އެޕްލިކޭސަންއެއް،" ޓެކް އިވޯލްސަނުން ސީއެންއެމްއަށް ވާހަކަ ދެއްކި އޮފިޝަލް ބުންޏެ އެވެ.

ގޭގައި ތިބެގެން ޔޫރޯގެ މެޗްތަކުގެ ސްކޯ ދިމާކޮށްގެން އެއް ވަނަ ލިބޭ ފަރާތަކަށް 10000 ރުފިޔާ ލިބޭނެ އެވެ.  ދެވަނަ އަށް ހޮވޭ ފަރާތަކަށް 3000 ރުފިޔާ ލިބިގެންދާނެ ކަމަށާއި ތިން ވަނަ އަށް ހޮވޭ ފަރާތަކަށް 1000 ރުފިޔާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އިނާމު ލިބޭނީ އެންމެ ގައިން ސްކޯ ދިމާ ކުރާ ފަރާތްތަކަށެވެ.

މި އެޕްލިކޭސަން ގޫގުލް ޕްލޭ އަދި އެޕަލް ސްޓޯއިން ލިބިގެންދާނެއެވެ. މި އެޕް ރަޖިސްޓްރޭޝަން އަށް އެއްވެެސް ފައިސާއެއް ދައްކަން ނުޖެހޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް