ads
އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން:-
އިނގިރޭސިވިލާތުން ވެކްސިން ހަދިޔާ ކުރަން ނިންމައިފި
އިނގިރޭސިވިލާތުން އުފައްދާ ވެކްސިންގެ ތެރެއިން 100 މިލިއަން ވެކްސިން ޑޯޒް މިއަންނަ އަހަރުގެ ނިޔަލަށް އެހެން ގައުމުތަކަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަން އިއުލާން ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުން ވެކްސިން ހަދިޔާ ކުރާނެކަން ބޮރިސް އިއުލާނު ކުރެއްވީ އެ ގައުމުގައި ހުކުރު ދުވަހު ކުރިޔަށްގެންދަން ނިންމާފައިވާ ޖީ7 ސަމިޓާއި ދިމާކޮށެވެ. ޖޯންސަން ވަނީ ޖީ7 ގެ އެހެން ގައުމުތަކުގެ ވެރިންގެ އަރިހުން ވެސް ވެކްސިން ހަދިޔާ ކުރުމުގައި ބައިވެރިވުމަށް އެދިވަޑައިގެންފައިއެވެ. 

ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި ޖީ7 ގެ އެހެން ގައުމުތަކުގެ ވެރިންވެސް ވެކްސިން ހަދިޔާ ކުރާނެކަަން ސަމިޓުތެރޭގައި އިއުލާނުކުރުން އެކަށީގެންވެ އެވެ.

މި އަހަރު ސެޕްޓެމްބަރުގެ ނިޔަލަށް ފަސް މިލިއަން ޑޯޒް ފަގީރު ގައުމުތަކަށް އިނގިރޭސިވިލާތުން ފޯރުކޮށްދޭނެއެވެ.  މީގެ އިތުރުން މިއަހަރު ނިމުމުގެ ކުރިން 25 މިލިއަން ވެކްސިން ޑޯޒްގެ އިތުރުން 95 މިލިއަން ޑޯޒް އުފެއްދުމަށް، ބޮޑު ވަޒީރު ޖޯންސަން އަންގަވާނެކަމަށް އެ ގައުމުގެ މީޑިއާއިން ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް